ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކުށެއްގެ އިސްލާހު

އިޢުލާން 

ތިރީގައި މި ވަނީ މި ޔުނިވަރސިޓީގެ MNU-CA/RG/2015/559 ނަންބަރު އިޢުލާނުގައިވާ ކުށެއްގެ އިސްލާހެވެ. މި އިޢުލާނުގައިވާ ކޯސްތަކަށް ފޯމު ބަލައިގަންނަން ފަށާފައިވަނީ  8 އޮކްޓޫބަރު 2014 ވީ ބުދަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

1- ކޯހުގެ ނަން: މާސްޓަރ އޮފް އެޑިއުކޭޝަން

މުއްދަތު:2 އަހަރު (4 ސެމެސްޓަރ)

ޖާގަ: 30

ކޯސްހިންގާ ކެމްޕަސް: ކ.މާލެ

ކޯސްހިންގާ ގޮތް: ބްލޮކް މޯޑް

ކޯހަށްވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

   ހ. އެޑިޔުކޭޝަނާ ގުޅުން ހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލްކޮށްފައިވުން. ނުވަތަ

   ށ. އެޑިޔުކޭޝަން ނޫން ދާޢިރާއަކުން 3 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީ އެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލުކޮށްފައި ވުމާއެކު އެމް.ކިޔު.އޭ ޤަބޫލުކުރާ ޑިޕްލޮމާ ފެންވަރުގެ އެޑިޔުކޭޝަން ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

   ނ. ޑިޕްލޮމާއިން ޓީޗިންގ ފުރިހަމަކޮށްފައި ވުމާއި 8 އަހަރު ދުވަހުގެ ތަޖުރިބާ އެޑިޔުކޭޝަން ދާއިރާއިން ހޯދާފައިވުމާއި އުމުރުން 25 އަހަރު ފުރިހަމަވެފައިވުން.

އިނގިރޭސި ފެންވަރު:

ޑިޕްލޮމާ/ބެޗްލަރ ޑިގްރީ އިނގިރޭސި މީޑިއަމުން ކިޔަވާފައި ނުވާނަމަ ސީ.އޭ.އީ އިން ދަށްވެގެން "ސީ" ގްރޭޑް ހޯދާފައިވުން ނުވަތަ IELTS ގެ އެކަޑަމިކް މޮޑިޔުލްއިން 6.0 ލިބިފައިވުން.

 

2- ކޯހުގެ ނަން: މާސްޓަރ އޮފް އެޑިއުކޭޝަން (އެޑިޔުކޭޝަނަލް މެނޭޖްމެންޓް އެންޑް ލީޑަރޝިޕް)

މުއްދަތު:2 އަހަރު (4 ސެމެސްޓަރ)

ޖާގަ: 30

ކޯސްހިންގާ ކެމްޕަސް: ކ.މާލެ

ކޯސްހިންގާ ގޮތް: ބްލޮކް މޯޑް

ކޯހަށްވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

   ހ. އެޑިޔުކޭޝަނާ ގުޅުން ހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލްކޮށްފައިވުން. ނުވަތަ

   ށ. އެޑިޔުކޭޝަން ނޫން ދާޢިރާއަކުން 3 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީ އެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލުކޮށްފައި ވުމާއެކު އެމް.ކިޔު.އޭ ޤަބޫލުކުރާ ޑިޕްލޮމާ ފެންވަރުގެ އެޑިޔުކޭޝަން ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

   ނ. ޑިޕްލޮމާއިން ޓީޗިންގ ފުރިހަމަކޮށްފައި ވުމާއި 8 އަހަރު ދުވަހުގެ ތަޖުރިބާ އެޑިޔުކޭޝަން ދާއިރާއިން ހޯދާފައިވުމާއި އުމުރުން 25 އަހަރު ފުރިހަމަވެފައިވުން.

އިނގިރޭސި ފެންވަރު:

ޑިޕްލޮމާ/ބެޗްލަރ ޑިގްރީ އިނގިރޭސި މީޑިއަމުން ކިޔަވާފައި ނުވާނަމަ ސީ.އޭ.އީ އިން ދަށްވެގެން "ސީ" ގްރޭޑް ހޯދާފައިވުން ނުވަތަ IELTS ގެ އެކަޑަމިކް މޮޑިޔުލްއިން 6.0 ލިބިފައިވުން.

ނޯޓް: މަތީގައިވާ 2 ކޯހަށް ދަރިވަރުން ހޮވުމުގައި ބަލާނީ މި އިޢުލާނުގައިވާ ޝަރުޠުތަކަށެވެ.

 3 މުޙައްރަމް 1436

27 އޮކްޓޫބަރު 2014
ހޯދާ