އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ށ. މާއުނގޫދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ދެވިފައިވާ ވަގުތު އިތުރު ކުރުން

(IUL)38-CB/38/2022/282:ނަންބަރ

އިޢުލާން

ށ. މާއުނގޫދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި

ރަޖިސްޓަރީވުމަށްދެވިފައިވާ ވަގުތު އިތުރު ކުރުން

2022 އޮކްޓޫބަރު 01 ވާ ހޮނިހިރު ދުވަހު ބޭއްވުމަށްހަމަޖެހިފައިވާ ށ. މާއުނގޫދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައިވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ކުރިވިފައިވާ ނަންބަރު (IUL)38-CB/38/2022/260 އިޢުލާނުން ހުޅުވާލި ފުރުޞަތުގައި ދިރާގުގެ އެސްއެމްއެސް ޕޯޓަލް އަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން  ރީ- ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2022 ސެޕްޓެމްބަރ 19 ވާ ހޯމަ ދުވަހުގެރޭގަނޑު  10:00ގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.  މި އިންތިޚާބުގައި ރަޖިސްޓަރީ ވާނީ ށ. މާއުނގޫދޫ، ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫގެ ރައްޔިތުންނެވެ.

19 ސެޕްޓެންބަރު 2022
ހޯދާ