އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕާސްޕޯޓަށް އެދުމުގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިން

 

މި ގައިޑްލައިނަކީ ރައްޔިތުންނަށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް ދިނުމުގައި ކައުންސިލުން ޢަމަލުކުރާނެ ގޮތުގެ ތަފްސީލު ބަޔާންކުރާ ގަޑްލައިންއެކެވެ.

(ހ)

1.

ތަޢާރަފް

މި ގައިޑްލައިންއަށް ކިޔާނީ " ޕާސްޕޯޓަށް އެދުމުގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިން" އެވެ.

(ށ)

 

 

މި ގައިޑްލައިންއަށް ޢަމަލު ކުރަންފަށާނީ މި ގައިޑްލައިން ކައުންސިލުން ފާސްކޮށް ގެޒެޓު ކުރާ ތާރީހުން ފެށިގެންނެވެ.

 

2.

ޢަމަލުކުރަންފަށާ ތާރީހު

ޕާސްޕޯޓު ހެދުމަށް އެދި ހުށައެޅޭނީ ސަރުކާރު ހުޅުވިފައި ހުންނަ ދުވަސްތަކުގައި ހެނދުނު 9:00 އަކުން މެންދުރު 12:00 އަށެވެ.

 

3.

ޚިދުމަތް ދެވޭ ވަގުތު

ޕާސްޕޯޓު ހެދުމުގައި ކައުންސިލްގެ ހަމައެކަނި ޒިންމާ އަކީ ޕާސްޕޯޓު ފޮޓޯ ނަގައިދިނުން، އައި.ޑީ ކާޑު ކޮޕީ ނަގައިދިނުން، ކުރީގެ ޕާސްޕޯޓުގެ ސްކޭން ނަގައިދިނުން އަދި އެޕްލިކޭޝަން ފޯމު އިމުގަ ޕޯޓަލް އިން ހުށަހަޅައިދިނުމެވެ. ޕާސްޕޯޓު ނިމުނުކަން ބެލުމާއި، ރުފިޔާ ދެއްކުން އަދި ޕާސްޕޯޓު ނެގުމަކީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

4.

ޕާސްޕޯޓު ހެދުމުގައި ކައުންސިލްގެ ޒިންމާ

ޚިދުމަތް ހޯދުމަށް އަންނަ ކޮންމެ ފަރާތެއްގެ ވެސް އިމުގަ ޔޫސާއެއް އިންތޯ ކަށަވަރުކޮށް އިމުގަ ޔޫސާ ނެތްނަމަ އެ ފަރާތެއްގެ އަމިއްލަ ޔޫސާއެއް އުފައްދައިދެވޭނެއެވެ.

(ހ)

5.

ޕާސްޕޯޓަށް އެދި ހުށަހަޅާނެ ގޮތް

ޕާސްޕޯޓަށް އެދޭ ފޯމު ހުށައެޅުމުގެ ކުރިން ޕާސްޕޯޓު ފޮޓޯ ނަގައިދެވޭނެއެވެ.

(ށ)

 

 

ޕާސްޕޯޓު ހަދައި ނިމުމުން ޕާސްޕޯޓަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަކީ ޕާސްޕޯޓަށް އެދޭ ފަރާތުގެ ޒިންމާއެކެވެ.

(ނ)

 

 

މި މާއްދާގެ (ނ) ގައި މިހެން އޮތް ނަމަވެސް ޕާސްޕޯޓަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި ކައުންސިލަށް އިދާރީ ގޮތުން އެހީތެރިވެވިދާނެއެވެ.

(ރ)

 

 

ޕާސްޕޯޓަށް އެދި ހުށައެޅުމަށް ކައުންސިލަށް އަންނަން ވާނީ އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިއުމެއް ހިފައިގެންނެވެ. ލިޔެކިޔުން ހަމަ ނުވާނަމަ ޕާސްޕޯޓަށް އެދުމުގެ މަސަތްކަތް ކުރިއަށްދާނީ ލިޔެކިޔުންތަށް ހަމަވުމުންނެވެ.

(ބ)

 

 

ޕާސްޕޯޓު ގެއްލިގެން އަލުން ހައްދާނަމަ އެކަމަށް ބޭނުންވާ ޕޮލިސް ރިޕޯޓު ހޯދުމަކީ ޕާސްޕޯޓަށް އެދޭ ފަރާތުގެ ޒިންމާއެކެވެ.

(ރ)

 

 

ޕާސްޕޯޓު ހެދުމުގެ 1 (އެކެއް) ދުވަސް ކުރިން، ހެނދުނު 9:00 އިން 12:00 އާއި ދޭތެރޭ ނަން ނޯޓު ކުރަންވާނެއެވެ. ނަން ނޯޓު ކުރުމުން ޕާސްޕޯޓަށް އެދި ހުށަހެޅުމަށް އަދި ފޮޓޯ ނަގަން އަންނަންވީ ގަޑި ކައުންސިލުން އަންގާނެއެވެ. މި ގަޑިއަށް ހާޒިރު ވުމަކީ ޕާސްޕޯޓު ހެދުމުގެ ޚިދުމަތަށް އެދޭ ފަރާތުގެ ޒިންމާއެކެވެ. ގަޑިއަށް ހާޒިރު ނުވުމުގެ ސަބަބުން ދިމާވާ އެއްވެސް ގެއްލުމެއްގެ ޒިންމާ ކައުންސިލުން ނުނަގާނެއެވެ.

(ބ)

 

 

ޕާސްޕޯޓު ފޮޓޯއާއި އެޕްލިކޭޝަން ހުށަހަޅައިދިނުމުގެ ފީއަކީ -/150 (ސަތޭކަ ފަންސާސް) ރުފިޔާއެވެ.

(ހ)

6.

ޕާސްޕޯޓު އެޕްލިކޭޝަން އަދި ފޮޓޯގެ އަގު

ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ އަދި ފޮޓޯ ނެގުމުގެ މަސަތްކަތް ފެށޭނީ މި މާއްދާގެ (ހ) ގައިވާ ފައިސާ ކައުންސިލަށް ދެއްކުމަށްފަހު ފައިސާ ދެއްކި ކަމުގެ ރަސީދު ގެނައުމުންނެވެ.

 

 

 

އެކަށީގެންވާ ވަގުތު އޮށްވާ ޕާސްޕޯޓަށް އެދުމަކީ ޕާސްޕޯޓަށް އެދޭ ފަރާތުގެ ޒިންމާއެކެވެ.

(ހ)

7.

ދުރާލާ ޕާސްޕޯޓަށް އެދުން

ޕާސްޕޯޓު ލިބުން ލަސްވެގެން ދިމާވާ އެއްވެސް ގެއްލުމަކަށް ކައުންސިލުގެ ފަރާތުން ޒިންމާއެއް ނުނަގާނެއެވެ.

(ށ)

 

 

ޕާސްޕޯޓު ހަދާ ނިމުމުން ޕާސްޕޯޓު އިމިގްރޭޝަންގެ އޮފީހުން ނެގުމަކީ ޕާސްޕޯޓު ހަދާ ފަރާތުގެ ޒިންމާއެކެވެ. އެހެންނަމަވެސް ޕާސްޕޯޓު ހަދަނީ ކުޑަކުއްޖަކު ނަމަ ނުވަތަ 65 އަހަރުން މަތީގެ ފަރާތަކުން ކަމުގައި ވާނަމަ އެ ފަރާތަކުން އެދުމުން އެހެން ފަރާތަކުން ޕާސްޕޯޓު ނަގަން ދިނުމާމެދު އިއުތިރާޞު ނުކުރާ ކަމުގެ ލިޔުން ކައުންސިލް މެދުވެރިކޮށް އިމިގްރޭޝަންއަށް ފޮނުވައިދެވޭނެއެވެ.

 

8.

ޕާސްޕޯޓު ނެގުން

މި ގައިޑްލައިނަށް އުނި އިތުރެއް ގެނެވޭނީ އެ އުނިއިތުރެއް ގެނައުމަށް ކައުންސިލް ޖަލްސާއަކުން ފާސްކޮށް ގެޒެޓު ކުރުމުންނެވެ.

 

9.

ގައިޑްލައިނަށް އުނިއިތުރު ގެނައުން

 

"ކައުންސިލް" ކަމަށް ބުނެފައިއެވަނީ މިގައިޑްލައިންގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކޮށްފައިވާ އއ.އުކުޅަހު ކައުންސިލަށެވެ.

 

10.

މާނަކުރުން

 

19 ސެޕްޓެންބަރު 2022
ހޯދާ