މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫ ސްކޭޓް ޕާރކް އަޅާ ސަރަޙައްދުގައި ހުރި ރުއްގަސް ވަކިކުރުން

މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ

ބ.ގޮއިދޫ / ދިވެހިރާއްޖެ.

ނަމްބަރު: (IUL)325-MS/325/2022/43

އިޢުލާން

ސްކޭޓް ޕާރކް އަޅާ ސަރަޙައްދުގައި ހުރި ރުއްގަސް ވަކިކުރުން

           ފްޓްސެލް ދަނޑުގެ އިރުމަތިން ސްކޭޓްޕާރކް އެޅުމަށް ލޭންޑްޔުސްޕްލޭންގައި ކަނޑައެޅިފައިވާ ބިމުގައާއި ، ސްކޭޓްޕާރކްގެ ވަށައިގެންވާ މަގުތަކަށްއަރާ އަމިއްލަ ފަރާތްތަކުގެ ރުއްގަހަށް ބަދަލު ހަމަޖެއްސުމުގެ ކަންތައް ފުރިހަމަ ކުރުމަށްޓަކައި އެފަދަ ރުއްގަހުގެ ވެރިފަރާތް ކަށަވަރު ކުރުމަށްބޭނުންވެއެވެ.

          ވީމާ ، ތިރީގައި ފާހަގަ ކުރެވިފައިވާ ސަރަޙައްދުތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތުން އެރުއްގަހުގެ ތަފްޞީލް  19 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ 13.00ގެ ކުރިން މިކައުންސިލަށް އަންގަވާ ދެއްވުން އެދެމެވެ. މިރުއްތައް ފާހަގަކުރުމުގެގޮތުން ނަމްބަރ 1 ކުން ފެށިގެން 18 އަށް ހުދު ދަވާދުން ނަމްބަރެއް ޖަހާފައިވާނެއެވެ.

  • މާއޮޅު ގޭގެ އުތުރުން ފުޓްސަލް ދަނޑުގެ އިރުން ގުލްފާމްގެއާދެމެދު އޮތް ސަރަޙައްދު

         

         މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

         15 ސެޕްޓެމްބަރ  2021

15 ސެޕްޓެންބަރު 2022
ހޯދާ