އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު- ލޭބަރ ، ޓާރމިނަލް ސާރވިސް

ވަޒީފާގެ ފުރުސަތު

ލޭބަރ ، ޓާރމިނަލް ސާރވިސް                                         ނަންބަރު: AIA-HR/ADM/IL/2022/16

ބޭނުންވާ އަދަދު:  01    

މުސާރަ: މުސާރައާއި އިނާޔަތްތައް ކޮމްޕެނީ ޕޮލިސީގެ ދަށުން ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން.
  • އުމުރުން 25 އަހަރާއި 50 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން

މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އެކަނި މަސައްކަތް ކުރެވޭފަދަ މީހެއްކަމުގައިވުމާއިއެކު ގިނަވަގުތު މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން.
  • މަޤާމުގައި ކުރަންޖެހޭ މަސައްކަތައް ކުރެވޭވަރުގެ ސިއްހަތެއް ލިބިފފައިވާ މީހަކު ކަމުގައިވުން.

އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:

  • ޗެކިން އޭރިއާ އަދި ވަށައިގެންވާ ހުރިހާ ސަރަހައްދުތަކާއި ތަކެތި ފޮޅާ ސާފުކޮށް ބިންމަތި މޮޕްލުން. އެއްވެސް މުދަލެއް ވަގަށް ގެންދިއުން ނުވަތަ އެއްޗަކަށް ގެއްލުމެއް ދީފާނެކަމަށް ފެނިއްޖެނަމަ އިސްފަރާތްތަކަށް އެންގުން.
  • ޗެކިން ފެށުމުގެ 15 މިނެޓްކުރިން ބޮކިތަކާއި އޭސީތައް ޖައްސާ އެއާފްރެޝްނާކުރުމާއި ފާހަނާތަކުގެ ކަރަންޓް ޖައްސާ ބަލާ ޗެކްކުރުން.
  • ޓާމިނަލްއާއި ޓާރމިނަލް ގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.  
  • ފުރަން އަންނަ ފަސިންޖަރުންނަށް ޓްރޮލީ ފޯރުކޮށްދިނުން އަދި ޓޮރޮލީތަށް ބަހައްޓާތަނުގައި ތަރުތިބުކޮށް ބެހެއްޓުމާއި ބޭނުންވާ ތަންތަނަށް ގެންދިއުމާއި ސާފުކޮށް ބެލެހެއްޓުން
  • ފުރަން އަންނަ ފަސިންޖަރުންނަށް (ހާއްސަކޮށް ބަލިމީހުން، އަންހެނުން އަދި އުމުރުން ދުވަސްވީ ފަސިންޖަރުން) އެހީވުން.
  • ވީ،އައި،ޕީ ލައުންޖް އަދި ވީ،އައި،ޕީ ޖެޓީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.
  • ވީ،ވީ،އައި،ޕީ އަދި ވީ،އައި،ޕީ ފަސިންޖަރުންގެ ބެގޭޖް ނެގުމުގައި އެހީތެރިވެދިނުން.
  • ޑިޕާޗަރ ހޯލްތައް އަދި އެސަރަހައްދުގައިވާ ހުރިހާ ތަނަކާއި ތަކެތި ފޮޅާ ސާފުކޮށް މޮޕްކުރުން.
  • އެރައިވަލް ހޯލްތައް އަދި އެސަރަހައްދުގައިވާ ހުރިހާ ތަނަކާއި ތަކެތި ފޮޅާ ސާފުކޮށް މޮޕްކުރުން.
  • ބޯޓު ޖެއްސުމުގެ 15 މިނެޓްކުރިން އެރައިވަލް އޭސީތަކާއި ބޮކިތަށް މަސައްކަތްކުރޭތޯ ބަލައި ޗެކްކޮށް ޖެއްސުން.
  • ޗެކިން އަށް އަންނަ އަދި އެރައިވަލް ވާ ޕެސެންޖަރުންނަށް ވީލްޗެއަރ ބޭނުން ވެއްޖެ ހާލަތެއްގައި ގެނެސްދީ ޑިޕާޗަރ އާއި ހަމައަށް ވައްދައިދިނުން އަދި އެރައިވަލް އިން ބޭރުކޮށްދިނުން.

 

މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 26 ސެޕްޓެންބަރު 2022 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން [email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުއްވާ ފަރާތްތަކުން ހުރިހާ ލިޔުންތައް ޕިޑީއޭފް ފޯމެޓަށް އެއްފައިލްއަކަށް ހެދުމަށްފަހު މެއިލް ކޮށްދެއްވުން އެދެމެވެ.)

ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.އަދި ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

14 ސެޕްޓެންބަރު 2022
ހޯދާ