ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޮމްޕިޔުޓަރ ސިސްޓަމް ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދަން

އިޢުލާން

 

މިކޯޓުންދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް 2 ކޮމްޕިޔުޓަރ ސިސްޓަމް ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރު: Q8C/IUL/2022/10 އާއި ގުޅީގެން އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އެތަކެތި ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ. ވީމާ،

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ސެޕްޓެމްބަރ 14 އިން ފެށިގެން 2022 ސެޕްޓެމްބަރ 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިކޯޓަށް ވަޑައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީކުރާ ފޯމް މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.
  2. މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ސެޕްޓެމްބަރ 22 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ސެޕްޓެމްބަރ 25 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
  4. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ  2022  އޮކްޓޯބަރ 02 ވަނަ ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް

ގދ. ގދ.ފަރެސްމާތޮޑާ

ފޯނު: 6840141

އީ-މެއިލް:  [email protected]

ބީލަންފޮތާއި ރަޖިސްޓްރީ ފޯމް، މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

‏17‏ ޞަފަރު‏    1444

‏13‏ ސެޕްޓެމްބަރ‏ 2022

13 ސެޕްޓެންބަރު 2022
ހޯދާ