އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަންޏާމީދޫ އެދުރުހިޔާ އިމާރާތް ރާނައި ހިޔައުކޮށް ސިމެންތިޖަހައިދިނުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ހަންޏާމީދޫ އެދުރުހިޔާ އިމާރާތް ރާނައި ހިޔައުކޮށް ސިމެންތިޖަހައިދިނުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

          މި އިދާރާއިން ދޭ ކުރެހުމާއި އެއްގޮތަށް މިރަށު އެދުރުހިޔާގައި ކުރަންފަށާފައިވާ އިމާރާތް ރާނައި ސިމެންތިޖަހައި ހިޔާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

            މި މަސައްކަތާއި ގުޅޭގޮތުން ކަނޑައެޅިފައިވާ މުހިއްމު ތާރީޚުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

ތަފްޞީލް

މުއްދަތު ހަމަވާ ތާރީޚް

ސުންގަޑި

މަޢުލޫމާތު ސެޝަންގައި ބައިވެރިވުމަށާއި ބިޑު ހުށަހެޅުމަށް ރަޖިސްޓަރީކުރުން

(13 ސެޕްޓެމްބަރ 2022 އިން 18 ސެޕްޓެމްބަރ 2022 އަށް)

18 ސެޕްޓެމްބަރ 2022

13:00

މަޢުލޫމާތު ސެޝަން

19 ސެޕްޓެމްބަރ 2022

13:00

ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުން

22 ސެޕްޓެމްބަރ 2022

13:00

ވީމާ، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ. މިކަމަށްއެދި ބިޑު ހުށަހެޅޭނީ މި އިދާރާގައި ރަޖިސްޓްރީކުރާ ވިޔަފާރި/ކުންފުނިތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވެލަށްވާ ފަރާތްތަކުން ކުންފުނީ/ވިޔަފާރީގެ ނަމާއި، ރަޖިސްޓަރީ ނަންބަރު، ކުންފުނި/ވިޔަފާރީގެ އީމެއިލް އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު  18 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ދުރުވެ ދެންނެވިފައިވާ މައުލޫމާތުތައް ހިއްސާކޮށްދެއްވު ދެއްވުން އެދެމެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

12 ސެޕްޓެންބަރު 2022
ހޯދާ