އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ ސްކޫލް ހެލްތު އޮފިސަރ

ވަޒީފާގެ ފުރުސަތު


މަޤާމު: ސީނިއަރ ސްކޫލް ހެލްތު އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތްކުރަން ހަމަޖެހިފާވާ ތަން: އިސްކަންދަރު ސްކޫލް

ރަށް: ކ. މާލެ

މަޤާމުގެ ބާވަތް: ދާއިމީ   

ސެކްޝަން: އެކަޑަމިކް

ޝަރުޠު:

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ ސްކޫލް ހެލްތު އޮފިސަރ

MS1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

-/5610

 

-/2500

 

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ބަލިވެގެން ހެލްތުރޫމަށް އަންނަ ދަރިވަރުންނަށް އެހީތެރިވުމާއި، އެކުދިންގެ މަޢުލޫމާތު ބެލެނިވެރިންނަށް އެންގުމާއި، ގެއަށް ފޮނުވަންޖެހޭ ކުދިންގެ މަޢުލޫމާތު ރެކޯޑްކުރުމަށްފަހު ފޮނުވުން.
  1.  ސްކޫލުގެ އިދާރާއާ ގުޅިގެން ޞިއްޙީ ޕްރޮގްރާމްތައް ހިންގުން.
  2. ސްކޫލުގެ ހަރަކާތެއްގައި ދަރިވަރަކު އުޅެނިކޮށް ދިމާވާކަމަކުން ހޮސްޕިޓަލަށް ގެންދަންޖެހިއްޖެނަމަ،  ސްކޫލުގެ އިދާރާއާ ގުޅިގެން އެކަން ހަމަޖެއްސުން.
  3. ހެލްތުރޫމަށް ބޭނުންވާ ތަކެތި، ބަޖެޓް ސެކްޝަނާ ގުޅިގެން ހޯދުމާއި، ހެލްތު ރޫމް ބަލަހައްޓައި އެތަނުން ލިބެންވާ ފަސްޓް އެއިޑް ދަރިވަރުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  4. މަދުވެގެން ދުވާލަކު އެއްފަހަރު ސްކޫލުގެ ހުރިހާ ފާޚާނާތަކެއް ޗެކުކޮށް، މަސައްކަތު މީހުންލައްވާ ސާފުކުރުވުން.
  5. ސްކޫލުން ރާވާ އެކިއެކި ހަރަކާތްތަކުގައި ދަރިވަރުންނަށް އެހީތެރިވެ، ފަސްޓްއެއިޑުގެ ޚިދުމަތް ލިބެންޖެހޭ ދަރިވަރުންނަށް އެ ޚިދުމަތް ދިނުން.
  6. ފާއިތުވާ އަހަރު ސްކޫލުގައި ހެލްތު ޕްރޮގްރާމް ހިންގިގޮތުގެ ރިޕޯޓް މިނިސްޓްރީއަށް ފޮނުވުން.
  7. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  - އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ ޢުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. މެރިޓް ޢުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއް.
  2. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:  

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، މި ސްކޫލުގެ ކައުންޓަރުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ  ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސިވިލް ސަރވިސްގެ ނަމޫނާއާ އެއްގޮތަށް)
  • ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.
  • ސުންގަޑި: މި މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުން 2014 ނޮވެންބަރު 2 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިން،  ވަޒީފާއަށް އެދޭ ފޯމާއި، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު އިސްކަންދަރު ސްކޫލަށް ހުށަހެޅުން އެދެމެވެ.
  • އިންޓަވިއުކުރުން، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނި މި ސްކޫލުގެ މީޓިންގ ރޫމުގައެވެ.
  • ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ކެންޑިޑޭޓުންނަށްވުރެ ގިނަވެއްޖެނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި،  އިންޓަވިއުކުރާނެ ފަރާތްތައް، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ
  • މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323244 ނަންބަރު ފޯނާއެވެ.

                              29 ޛުލްޙިއްޖާ 1435

23 އޮކްޓޫބަރު 2014
ހޯދާ