ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލްގެ ސިއްކަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ނަންބަރ: (IUL)258/258/2022/79

 

އިޢުލާން

 

ހަނިމާދޫ ކައުންސިލްގެ ސިއްކަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

         

          ހަނިމާދޫ ކައުންސިލްގެ ރަސްމީ ސިއްކައެއް ފަރުމާކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި އެކަމަށްއެދި ހުށަހަޅާފައިވަނީ ވަރަށްމަދު ފަރާތްތަކަކަށްވާތީ، އަލުން ހަނިމާދޫ ކައުންސިލްގެ ރަސްމީ ސިއްކަ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

              ވީމާ، މިކަމަށް ޝައުޤް ވެރިވެ ލައްވާ ފަރާތްތަކުން 2022 ސެޕްޓެމްބަރ 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ސިއްކަ ފަރުމާ ކޮށްދެއްވުމަށްފަހު ހަނިމާދޫ ކައުންސިލްގެ ރަސްމީ މެއިލް [email protected]  އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

                އަދި ދަންނަވަމެވެ. ހުށަހަޅާ ސިއްކަގެ ތެރެއިން މިކައުންސިލްގައި ބޭނުންކުރުމަށް ހޮވޭ ސިއްކަ ހުށަހެޅުއްވި ފަރާތަކަށް -/5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ. ސިއްކަ ފަރުމާކުރުމާއި ގުޅޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

12  ޞަފަރު     1444

08  ސެޕްޓެމްބަރ  2022

08 ސެޕްޓެންބަރު 2022
ހޯދާ