ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީ ކޯޗެއް ހޯދަން ބޭނުންވެއްޖެ.

ނަންބަރ: (IUL)258/258/2022/78

 

އިޢުލާން

 

ވޮލީ ކޯޗެއް ހޯދަން ބޭނުންވެއްޖެ.

         

          ހދ. އަތޮޅު ވޮލީ މުބާރާތުގައި ހަނިމާދޫ ކައުންސިލްގެ ނަމުގައި ބައިވެރިވާ އަންހެން އަދި ފިރިހެން ވޮލީ ޓީމަށް ކޯޗްކޮށްދޭނެ ކޯޗަކު ހޯދަން ބޭނުންވެއްޖެއެވެ.  

              ވީމާ، މިކަމަށް ޝައުޤް ވެރިވެ ވަޑައިގަންނަވާ ވޮލީ ކޯޗުން 2022 ސެޕްޓެމްބަރ 18 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން، ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީއާއި، އައިޑީކާޑު ކޮޕީ، ލިބިފައިވާ ތަޖްރިބާ ސާބިތުވާ ލިޔުންތައް ހިމަނާ  ހަނިމާދޫ ކައުންސިލްގެ ރަސްމީ މެއިލް [email protected]  އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

                އަދި މިސިޓީގައި ދުވަހު މުސާރައާއި އަމިއްލަފުޅަށް ހުރުމާއި ކެއުމުގެ ޚަރަދާއި، އެނޫންވެސް ޚަރަދެއް ކުރަންޖެހޭނަމަ އެޚަރަދެއް ހިމަނައިގެން ސިޓީފޮނުއްވުން އެދެމެވެ. މުއްދަތު ބަލާނީ ހަނިމާދޫ ކައުންސިލަށް ކޯޗް ގެންނަ ދުވަހުންފެށިގެން ހަނިމާދޫ ޓީމުތައް ކުޅޭ އެންމެ ފަހު މެޗް ނިމިއިތުރަށް ދެ ދުވަހުގެ މުއްދަތަށެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ސެޕްޓެންބަރު 2022
ހޯދާ