ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްވެހިގެ ކުއްޔަށް ދިނުން

ނަންބަރ: (IUL)258/258/2022/80

 

އިޢުލާން

 

ރައްވެހިގެ ކުއްޔަށް ދިނުން.

 

          ހަނިމާދޫ ރައްވެހިގެއާއި ރައްވެހިގެ ގޯތި 25 އަހަރަށް ފަތުރުވެރިކަމަށާއި، އާއްމު ގެސްޓްހައުސް  ވިޔަފާރި ކުރުމަށް ރަށްވެހިގެ 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމަށް ކުރެވުނު މިކައުންސިލްގެ ނަންބަރު: (IUL)258/258/2022/70 (16 އޮގަސްޓް 2022) އިޢުލާން ބާޠިލް ކޮށް އަލުން ބިޑަށް ހުޅުވާލަމެވެ.

              ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 2022 ސެޕްޓެމްބަރ 29 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 އޮކްޓޯބަރ 06 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

12  ޞަފަރު     1444

08  ސެޕްޓެމްބަރ  2022

08 ސެޕްޓެންބަރު 2022
ހޯދާ