ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖަނަވަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ބައެއް ކޯސްތަކުގެ މަޢުލޫމާތު

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 04 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

1- ކޯހުގެ ނަން: ބެޗްލަރ އޮފް އެޑިޔުކޭޝަން (އޮނަރސް) - އިންގްލިޝް

މުއްދަތު:4 އަހަރު (8 ސެމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަސް: ކ.މާލެ

ކޯސް ހިންގާ ގޮތް: ފުލްޓައިމް (ހެނދުނު ދަންފަޅި)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން އަދި ޖީ.ސީ.އީ އޯ ލެވެލް އިނގިރޭސި ހިމެނޭގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން.

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް) ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. އިނގިރޭސި ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ރ. އިނގިރޭސި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

ބ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލްގެ އެއް މާއްދާއިން ފާސްވެފައިވުން. އަދި 5 އަހަރު ދުވަހު ޘާނަވީ ފެންވަރުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި މާލޭގައި ކިޔަވަން ގަސްދުކުރާ ފަރާތްތައް ކިޔަވަން ގަސްދުކުރާގޮތެއް އެޕްލިކޭޝަން ފޯމުގައި ބަޔާން ކުރަންވާނެއެވެ.

 

2- ކޯހުގެ ނަން: ބެޗްލަރ އޮފް އާރޓްސް އިން ޓީޗިންގ އިންގްލިޝް އޭޒް އަ ފޮރިން ލޭންގްވިޖް

މުއްދަތު:3 އަހަރު (6 ސެމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަސް: ކ.މާލެ

ކޯސް ހިންގާ ގޮތް: ފުލްޓައިމް (ހެނދުނު ދަންފަޅި)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. އަދި ޖީ.ސީ.އީ އޯ ލެވެލް އިނގިރޭސި ހިމެނޭގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން.

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް) ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. އިނގިރޭސި ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ރ. އިނގިރޭސި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

ބ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލްގެ އެއް މާއްދާއިން ފާސްވެފައިވުން. އަދި 5 އަހަރު ދުވަހު ޘާނަވީ ފެންވަރުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި މާލޭގައި ކިޔަވަން ގަސްދުކުރާ ފަރާތްތައް ކިޔަވަން ގަސްދުކުރާގޮތެއް އެޕްލިކޭޝަން ފޯމުގައި ބަޔާން ކުރަންވާނެއެވެ.

25 ޛުލްޙިއްޖާ 1435

19 އޮކްޓޫބަރު 2014
ހޯދާ