މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
10 ޖަލުގޮޅީގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ޢިމާރާތް ކުރަން ފަށާފައިވާ 10 ޖަލުގޮޅީގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު H3(PU)/IUL/2014/234-ފ171 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. މި އިޢުލާނާ ގުޅިގެން ބީލަންފޮތް ވިއްކުމުގެ މުއްދަތު އިތުރުކޮށްފީމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަކަށް ހުޅުވާލަމެވެ.
  2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2014 އޮކްޓޫބަރު 23 އިން ފެށިގެން 2014 އޮކްޓޫބަރު 27 ވާ ހޯމަ ދުވަހުގެ 11:00 އަށެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް، މާލޭގައިނަމަ އިސްކަންދަރު ކޮށި 01 ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ހދ.ކުޅުދުއްފުށީގައިނަމަ ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައެވެ. ބީލަން ފޮތެއްގެ އަގަކީ 400.00ރ (ހަތަރުސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި ލިބިވަޑައިގަންނަވާނެއެވެ.
  3. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2014 އޮކްޓޫބަރު 28 ވާ އަންގާރަ ދުވަހުގެ 14:00 ގައި، މާލޭގައި ނަމަ، އިސްކަންދަރު ކޮށި 01  ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ހދ.ކުޅުދުއްފުށީގައިނަމަ ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2014 އޮކްޓޫބަރު 27 ވާ ހޯމަ ދުވަހުގެ 15:30 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2014 ނޮވެންބަރު 06 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މާލޭގައިނަމަ، އިސްކަންދަރު ކޮށި 01 ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ހދ.ކުޅުދުއްފުށީގައިނަމަ ހދ.ކުޅުދުއްފުށީ  ޕޮލިސް ސްޓޭޝަނުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
  5. ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
22 އޮކްޓޫބަރު 2014
ހޯދާ