މާމެންދޫ ސްކޫލް، ގއ.މާމެންދޫ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމު

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު

1

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކު

އެމް.އެސް 1

މަޤާމުގެ ގިންތި

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ތަން

ގއ. މާމެންދޫ ސްކޫލް

ޔުނިޓް

އެޑްމިނިސްޓްރޭޝަން/އެކަޑެމިކް

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ސްކޫލުގެ ކޮމްޕިއުޓަރުތައް ބެލެހެއްޓުން.
  2. ސްކޫލުގެ ކޮމްޕިއުޓަރުތަކުގެ ސޮފްޓްވެއަރތައް އަޕްގްރޭޑުކުރުން.
  3. ސްކޫލުގެ ކޮމްޕިއުޓަރުތަކަށް ޖެހޭ، މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން.
  4. ސްކޫލުގެ އޮފީހަށް ބޭނުންވާ ޑާޓާބޭސްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  5. ސްކޫލުން ތައްޔާރުކުރާ ސެޓްފިކެޓްތަކާއި ފޯމުތައް ތައްޔާރުކޮށް ބެލެހެއްޓުން.
  6. ސްކޫލުގެ މަޤުޞަދާ އެއްގޮތްވާގޮތުގެމަތިން މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv ން  ޑައުންލޯޑްކުރެވޭނެއެވެ.
  2. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑްވިސް ކޮލިފިކޭޝަންސް އެތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއްގެ ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީވީ. (ގުޅޭނެ ނަންބަރާއެކު)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ހުނަރު.
  2. މަސައްކަގު ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.
  3. މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ މިންވަރު.

އިންޓަވިއުކުރުމަށް ކަނޑައެޅިފައިވާ މުއްދަތާއި  ތަން:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވައިކުރުމަށް ހަމަޖެހިފައިވާ ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓިވިއު އޮންނާނީ، މާމެންދޫ ސްކޫލުގައެވެ.

އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓުކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަވިއުކުރުމަށްފަހު އެންމެ މަތީ މާކުސްލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒިފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި ސްކޫލު (ގއ. މާމެންދޫ ސްކޫލު) ގެ ނަންބަރު 7983078 ފޯނަށް ގުޅުން އެދެމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ގއ. މާމެންދޫ ސްކޫލުގެ އޮފީހަށެވެ.

ތަކެތި ހުށަހެޅުމެގެ ސުންގަޑިއަކީ، 2014 އޮކްޓޫބަރު 30 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3.00 ގެ ކުރިންނެވެ.

  މިހެންވެ، މިކަން ޢާއްމުކޮށް އެންގުމައްޓަކައި އިޢުލާނުކުރީމެވެ.

                   25 ޛުލްޙިއްޖާ 1435

                  

 

19 އޮކްޓޫބަރު 2014
ހޯދާ