ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

       ވަޒީފާގެ ފުރުސަތު

އެސިސްޓެންޓް ލީގަލް އޮފިސަރ

މަޤާމް

LS 2

ރޭންކް

2

އަދަދު

ސުޕްރީމް ކޯޓް

މަސައްކަތްކުރަންޖެހޭ ތަން

-/9412 ރުފިޔާ

އަސާސީ މުސާރަ

މުސާރައިގެ އިތުރުން، ސަރވިސް އެލަވަންސް -/3000 (ތިންހާސް ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %65 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސްތައް.

މި މަޤާމަށް ލިބޭ އެލަވަންސް

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އަސާސީ ޝަރުޠު

1- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީގެ އަސްލު.

3- މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން އެކްރިޑިޓްކޮށް ތައްގަނޑުޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުގެ ކޮޕީ.

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީގެ އަސްލު.

ހުށަހަޅަންޖެހޭ ތަކެތި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު 2014 ނޮވެންބަރު 9 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން    މިި ކޯޓަށް ފޮނުން އެދެމެވެ.

ސުންގަނޑި

އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާއެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ. މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމް، މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓުގެ އެޑްރެހަކީ www.supremecourt.gov.mv  އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މި ކޯޯޓުގެ ރިސެޕްޝަން ކައުންޓަރުން ފޯމު ލިބެންހުންނާނެއެވެ. މި މަޤާމަށް އިންޓަވިއުކުރުން އޮންނާނީ،  23 ނޮވެންބަރު 2014 އިން ފެށިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ.

އިތުރު މަޢުލޫމާތު

21 އޮކްޓޫބަރު 2014
ހޯދާ