އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިމަޤާމުތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް.1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް:

-/25 ރުފިޔާ (މަސައްކަތްކުރާ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

ހިއުމަން ރިސޯސަސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މުސާރަ ހެދުމަށް ބޭނުންވާ ރިޕޯޓްތަކާއި ލިޔުންތައް ހޯދައި، މުސާރަ ޝީޓް ތައްޔާރުކޮށް، ފައިނޭންސް ޑިޕާޓްމަންޓަށް މުސާރަ ޝީޓް ފޮނުވުން.
  2. ޕެންޝަން ފަންޑާއި ކްރެޑިޓް ސްކީމް އަދި އެކިއެކި ބޭންކުންތަކުން ލޯން ނަގާ މުވައްޒަފުންގެ އަތުން ކަނޑަންޖެހޭ ފައިސާ ގަވާއިދުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  3. މުސާރައާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކުރުން.
  4. ކޮންމެ އަހަރެއްގެ ސްޓާފް ބަޖެޓް ހަދައި ފައިނޭންސް ޑިޕާޓްމަންޓަށް ހަވާކުރުން.

ތަޢުލީމާއި ތަޖުރިބާ:

 

 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

(މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.)

މި މަޤާމުތަކަށް އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

( މިމަޤާމަށް މީހަކު ހޮވުމުގައި އެކައުންޓިންގ ހަދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. )

މަޤާމު

މެކޭނިކް ޑްރައިވަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: އެސް.އެސް.2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

ޓްރާންސްޕޯޓް ސަރވިސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

01- ޓްރާންސްޕޯޓް ސާރވިސް ޔުނިޓް ހިންގަވަން އެއިރެއްގައި ހުންނަވާ ވެރިއެއްގެ ލަފަޔާއި މަޝްވަރާގެ މަތިން އެންބިއުލާންސްތަކާއި އެހެނިހެން ވެހިކަލްތަކުގެ ދަތުރުތައް ކުރުމާއި، ވެހިކަލްތަކުގެ ޙާލަތު ދެނެގަނެ ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުމާއި، ވެހިކަލްތަކުގެ ޙާލަތުގައި ވެހިކަލްތައް ބެހެއްޓުމަށް މަސައްކަތް ކުރުން.

02- އެމްބިއުލާންސްގައި ގެންނަ ބަލިމީހުން އެމްބިއުލާންސަށް އަރުވާ ބޭލުމުގައި އެހީތެރިވެ ދިނުމާއި، ބަލިމީހާގެ ޙާލަތު ދެނެގަނެ އިމަރޖެންސީގައި ގެންނަންޖެހޭ ބަލިމީހެއްނަމަ ޑިއުޓީ ސްޕަވައިޒަރަށް އެންގުމަށްފަހު އިމަރޖެންސީ ސައިރަން އެޅުވުން.

03- ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ޚިދުމަތް ދިނުމަށް ދަތިނުވާވަރަށް، ވެހިކަލްތަކުގައި ތެޔޮހުރިތޯ ޗެކްކޮށް ތެޔޮ ނޯޓް ހޯދުމަށް، މަސައްކަތް ކުރުމާއި ތެޔޮ އެޅުމަށްފަހު ޑެލިވަރީނޯޓް ޑިއުޓީ ސުޕަވައިޒަރާ ހަވާލުކުރުން.

ތަޢުލީމާއި ތަޖުރިބާ:

 

 

1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

(މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.)

މިމަޤާމުތަކަށް އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

(މިމަޤާމަށް މީހަކު ހޮވުމުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތި ދުއްވުމުގެ ލައިސަންސް B1-C1 ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

މަޤާމު

އިމަޖެންސީ މެޑިކަލް ޓެކްނީޝަން

ބޭނުންވާ އަދަދު

10

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް.1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް )

ޑިޕާޓްމަންޓް /ސެކްޝަން

ކެޝުއަލްޓީ އެންޑް އިމަރޖެންސީ ސަރވިސަސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. އެމްބިއުލެންސްގައި ބަލިމީހާ ބަލައިދިއުމާއި، އެމްބިއުލެންސްގައި ދޭންޖެހޭ ފަރުވާ އޭގެ ފުރިހަމަ މިންގަނޑުގައި ބަލިމީހާއަށް ފޯރުކޮށްދިނުން

2. މެޑިކަލް އޮފިސަރެއް ނެތް ތަނެއްގައި ކުއްލި ހާލަތްތައް ދެނެގަނެ ބަލިމީހުން އެސެސްކުރުން

3. ކުއްލި ހާލަތްތަކުގައި ހަދާ ޓެސްޓުތައް ކިޔައި، އެއަށް ޢަމަލުކުރުން.

4. ބަލިމީހާ ހޮސްޕިޓަލަށް ގެނެސް، އީއާރު ނުވަތަ މެޑިކަލް ޓީމާ ހަވާލުކުރުން

5. މަސައްކަތް ޗާޓްކުރުން. ކޭސް މެނޭޖްކުރުން އަދި ރެކޯޑު ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ:

 

 

1. ސަރުކާރު ޤަބޫލުކުރާ އިންސްޓިޓިއުޓެއްގައި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ އިމަރޖެންސީ މެޑިކަލް ޓެކްނީޝަން (ބޭސިކް) ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުން، ނުވަތަ

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޕްރައިމަރީ ހެލްތް ކެއަރ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޞިއްޙީ ދާއިރާއެއްގައި 2އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައްް

 

 

 

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ލީވިންގ ސެޓުފިކެޓުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި

04 ނޮވެންބަރު 2014 ވާ އަންގަރާ ދުވަހުގެ 15:00ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 04 ނޮވެންބަރު 2014ވާ އަންގާރަ ދުވަހުގެ 15:00ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

14 އޮކްޓޫބަރު 2014
ހޯދާ