ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އެޗް.އާރ ކޮންސަލްޓަންޓެއް ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ހިއުމަން ކެޕިޓަލް ތަރައްޤީކޮށް ކުރިއެރުވުމަށް، މެނޭޖްމަންޓަށް ލަފާދީ، މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތުގެ މުއްދަތު:

01 (އެކެއް) އަހަރު

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 މެންދުރުފަހުގެ 15:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 17:00 ވަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ:

މަހަކު -/20،000 ރުފިޔާ

ފެންވަރު/ޝަރުޠު

ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

(މިމަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  1. އެން.ސީ.އައި.ޓީ ގެ ދިގު މުއްދަތުގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމުގައި އިސްވެރިންނަށް ލަފާދިނުން
  2. އެން.ސީ.އައި.ޓީގެ މުވައްޒަފުންނާ ގުޅިގެން ހުރި ކަންތައްތަކުގެ އޯޑިޓެއް ހެދުމަށްފަހު، އެން.ސީ.އައި.ޓީ ގެ އިދާރީ އޮނިގަނޑާއި މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، އިސްވެރިންގެ ލަފާފުޅުގެ މަތިން އައު ސްޓްރަކްޗަރ އެކުލަވާލުމަށް މަސައްކަތްކުރުން
  3. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން  
  4. ހިއުމަން ރިސޯސް ޕޮލިސީތަކާއި، ޕްރޮސީޖަރތައް އިސްވެރިންގެ ލަފަޔާ އެއްގޮތަށް އެކުލަވާލުން
  5. ހަރުދަނާކަމާއެކު މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އެޗް.އާރ ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނުކުރުން. އަދި އެޗް.އާރ ޔުނިޓުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް އޮމާންކަމާއެކު ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. އަމިއްލަ އިސްނެގުމާއެކު ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު: މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 04 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4000 334 (960) މި ނަންބަރަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) ،  ފެކްސް ނަންބަރު: 4004 334 (960)

އީމެއިލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

29 ޛުލްޙިއްޖާ 1435

23 އޮކްޓޫބަރު 2014
ހޯދާ