ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިޔަވައި ދެއްވާނެ ޤާރީއެއް ހޯދަން ބޭނުންވެއްޖެ.

ނަންބަރ: (IUL)258/258/2022/75

 

އިޢުލާން

 

ޤުރުއާން ކިޔަވައި ދެއްވާނެ ޙާފިޒް / ޤާރީއެއް ހޯދުން.

 

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ޤުރުއާން މުބާރާތުގައި ހަނިމާދޫ ކައުންސިލުން ވާދަކުރާ ދަރިވަރުންގެ ހުނަރު އިތުރު ކުރުމަށްޓަކައި 01 މަސްދުވަހުގެ މުއްދަތަށް ކިޔަވައި ދެއްވާނެ ޙާފިޒް / ޤާރީއަކު  ހޯދުމަށް ކުރި  މިކައުންސިލްގެ ނަންބަރު: (IUL)258/258/2022/74  (22 އޮގަސްޓް 2022) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދެއްވާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން މިކަމަށް ހުޅުވާލަމެވެ.

              ވީމާ، މިކަމަށް ޝައުޤް ވެރިވެ ލައްވާ ފަރާތްތަކުން 2022ސެޕްޓެމްބަރ 04 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ލިބިފައިވާ ސެޓްފިކެޓްގެ ކޮޕީއާއި، އައިޑީ ކާޑު ކޮޕީ ހިމަނައިގެން ސިޓީ ފޮނުއްވުން އެދެމެވެ. މިސިޓީގައި މަހު މުސާރައާއި، އިތުރު އިނާޔަތެއް ވާނަމަ އެކަމާއި، ކެއުމުގެ ޚަރަދު ހިމަނަންވާނެއެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

02  ޞަފަރު  1444

29  އޮގަސްޓް 2022

 

29 އޮގަސްޓް 2022
ހޯދާ