މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ވިނައިލް ފްލޯރިންގ ސަޕްލައިކޮށްދީ އިންސްޓޯލް ކުރުން

     މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް ވިނައިލް ޕްލޭންކް ފުލޯރިންގް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IL/2022/1648 އިޢުލާނަށް، އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓަރ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓަރވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

05 ސެޕްޓެންބަރު 2022

ހޯމަ

11:00

ބީލަމުގައި ރަޖިސްޓަރ ވާފަރާތްތަކަށް ބާއްވާ ސައިޓް އިންސްޕެކްޝަން ބައްދަލްވުން

06 ސެޕްޓެންބަރު 2022

އަންގާރަ

11:00

އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑި

07 ސެޕްޓެންބަރު 2022

ބުދަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

12 ސެޕްޓެންބަރު 2022

ހޯމަ

11:00

 

     މި ބީލަމުގައި ރަޖިސްޓަރވުމުގެ ސުންގަޑި ހަމަވުމުން، އާރްއެފްޕީ ރަޖިސްޓަރވި ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. އަދި މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރވެ، ކަނޑައަޅާފައިވާ ދުވަހު (06 ސެޕްޓެންބަރު 2022 ވާ އަންގާރަ) ގެ 11:00 އަށް ސައިޓް އިންސްޕެކްޝަނަށް ހާޒިރުވާ ފަރާތްތަކަށެވެ.

29 އޮގަސްޓް 2022
ހޯދާ