ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްދުވަހުގެ މުއްދަތަށް ޤުރުއާން ކިޔަވައި ދެއްވާނެ ޙާފިޒް / ޤާރީއެއް ހޯދުން.

ނަންބަރ: (IUL)258/258/2022/74

 

އިޢުލާން

        

          މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ޤުރުއާން މުބާރާތުގައި ހަނިމާދޫ ކައުންސިލުން ވާދަކުރާ ދަރިވަރުންގެ ހުނަރު އިތުރު ކުރުމަށްޓަކައި 01 މަސްދުވަހުގެ މުއްދަތަށް 2022 ސެޕްޓެމްބަރ 5 ން، 2022 އޮކްޓޯބަރ 04 އަށް ޤުރުއާން ކިޔަވައިދޭނެ ޙާފިޒް / ޤާރީއަކު ބޭނުންވެއްޖެއެވެ.

              ވީމާ، މިކަމަށް ޝައުޤް ވެރިވެ ލައްވާ ފަރާތްތަކުން 2022 އޯގަސްޓް 29 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ލިބިފައިވާ ސެޓްފިކެޓްގެ ކޮޕީއާއި، އައިޑީ ކާޑު ކޮޕީ ހިމަނައިގެން ސިޓީ ފޮނުއްވުން އެދެމެވެ. މިސިޓީގައި މަހު މުސާރައާއި، އިތުރު އިނާޔަތެއް ވާނަމަ އެކަމާއި، ކެއުމުގެ ޚަރަދު ހިމަނަންވާނެއެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

24  މުޙައްރަމް  1444

22  އޮގަސްޓް  2022

22 އޮގަސްޓް 2022
ހޯދާ