އޮޅުވެލިފުށި ސްކޫލް
ދިވެހިރާއްޖެ
GS-140/I/2022/15 ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި ސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 23 އޮގަސްޓް 2022 08:28 ގައި ބާތިލް ކުރެވިފައެވެ.


އޮޅުވެލިފުށީ ސުކޫލު

  ޅ.އޮޅުވެލިފުށި

   ދިވެހިރާއްޖެ

                                                           ނަންބަރު: GS-140/I/2022/15

ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި ސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއައް އޮތް 2 އަހަރަށް، ވިޔަފާރި ޢުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން ނަން ނޯޓްކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.

ތާރީޚް

ތަފްޞީލް

ގަޑި

ތަން

22 އޮގަސްޓް 2022 ން 29 އޮގަސްޓް 2022 އަށް

ނަން ނޯޓްކުރުން

9:00 ން 13:00 އަށް

ޅ.އޮޅުވެލިފުށި ސްކޫލް

30 އޮގަސްޓް 2022 (އަންގާރަ)

މަޢުލޫމާތު ސާފުކުރުން

ހެނދުނު 11:00

ޅ.އޮޅުވެލިފުށި ސްކޫލް

8 ސެޕްޓެމްބަރ 2022 (ބުރާސްފަތި)

އަންދާސީ ހިސާބު ހުށަހެޅުން

ހެނދުނު 11:00

ޅ.އޮޅުވެލިފުށި ސްކޫލް

މި ޚިދުމަތައް އެދި ބީލަން ހުށައެޅޭނީ،ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އޮޅުވެލިފުށި ސްކޫލުގެ  ގެ ނަންބަރު 6620832   ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އީމެއިލް އެޑްރެސްއަކީ [email protected] އެވެ. އަދި މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

22 އޮގަސްޓް 2022
ހޯދާ