ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
60 ރޯހައުސްއަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓު

މުޅި ރާއްޖެއަށް ހުޅުވާލެވުނު 60 ރޯހައުސްއަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓު

ސަރުކާރުން ހިންގަވާ ގެދޮރުވެރި ކުރުވުމުގެ މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގައި އިމާރާތްކުރެވޭ 165 ރޯހައުސްގެ ތެރެއިން މުޅި ރާއްޖެއަށް ހުޅުވާލެވުނު 60 ރޯހައުސްއަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓު ކައުންސިލުގެ އިދާރާގެ ނޯޓިސްބޯޑުގައި މިހާރުވާނީ ބެހެއްޓިފައެވެ.

މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 27 ނޮވެންބަރު 2014 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އާ ހަމައަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ލިސްޓަށް ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ކުޅުދުއްފުށީ ކައުންސިލުގެ އިދާރާއަށް ވަޑައިގެން އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މުޅި ރާއްޖެއަށް ހުޅުވާލެވުނު 60 ރޯހައުސްއަށް އެދި ކުރިމަތިލި މީހުންގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ތިމާގެ ނުވަތަ ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ބޯހިޔާވަހިކަމެއް، (ގެއެއް) ވާނަމަ އެ ބޯހިޔާވަހިކަމެއް، ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން. އަދި ތިމާއަށް ނުވަތަ ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާނަމަ އެގޯއްޗެއް، ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން، މިޝަރުޠުގެ ދަށުން ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން ފިރިމީހާ ނުވަތަ އަނބިމީހާއަށް ގޯތި ނުވަތަ ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތަކަށް ރޯހައުސްއެއް ލިބިއްޖެނަމަ، ލިބިފައިވާ ބޯހިޔާވަހިކަން ނުވަތަ ގޯތި ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ބަޔާން ނެގުން 30 ނޮވެންބަރު 2014 އާ ހަމައަށް ކުރިއަށް ގެންދެވޭނެ ކަމުގައި ދަންނަވަމެވެ. އަދި އެފަދަ ފަރާތްތަކުގެ ތެރެއިން ލިބިފައިވާ ގޯތި ނުވަތަ ބޯހިޔާވަހިކަން ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްނުވެވޭ ފަރާތްތަކުގެ ނަންތައް ފައިނަލް ލިސްޓުގައި ނުހިމެނޭނެވާހަކަ ދަންނަވަމެވެ.

 

ތާރީޚު

ގަޑި

ފޯމު ދޫކުރުން

14 އޮކްޓޫބަރު 2014 އިން 20 ނޮވެންބަރު 2014 އަށް (ބަންދުނޫން ކޮންމެ ދުވަހަކު)

ހެނދުނު 09:00 ން މެންދުރު ފަހުގެ 01:00 އަށް

ފޯމު ބަލައިގަތުން

14 އޮކްޓޫބަރު 2014 އިން 27 ނޮވެންބަރު 2014 އަށް (ބަންދުނޫން ކޮންމެ ދުވަހަކު)

ހެނދުނު 09:00 ން މެންދުރު ފަހުގެ 02:00 އަށް

19  ޛުލްޙިއްޖާ  1435

13 އޮކްޓޫބަރު 2014
ހޯދާ