މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022" މި އިވެންޓަށް ޓްރޮފީސް އަދި ޝީލްޑްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022" މި އިވެންޓަށް  ޓްރޮފީސް އަދި ޝީލްޑްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

         ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި ކޮމިޝަނުން "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް"ގެ ނަމުގައި އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާތީ، މި އިވެންޓަށް ޓްރޮފީސް އަދި ޝީލްޑްސް ތައްޔާރުކޮށްދޭނެ ފާރާތެއް ހޯދަން ބޭނުންވެއެވެ.

        ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން،  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

          މިއިޢުލާނާ ގުޅޭ މަޢުލޫމާތު  ކަރުދާސް އަދި ގައިޑްލައިން މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން 

ތާރީޚް:25 އޮގަސްޓް 2022

ދުވަސް: ބުރާސްފަތި

ގަޑި: 11:00

18 އޮގަސްޓް 2022
ހޯދާ