ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި ޖެހުމަށްބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

ނަންބަރ: (IUL)258/258/2022/73                  

 

އިޢުލާން

    

މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

 

 

            ހަނިމާދޫ މަގުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރި މިކައުންސިލްގެ ނަންބަރު (IUL) 258/258/2022/32: އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް، އަލުން މި ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތްތެއް ހޯދަން ބޭނުން ވެއްޖެއެވެ.

              ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 2022 އޯގަސްޓް 29 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

              އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ  2022 ސެޕްޓެމްބަރ  05 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

19  މުޙައްރަމް 1444

17  އޮގަސްޓް 2022

17 އޮގަސްޓް 2022
ހޯދާ