ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލް އިދާރާގައި ބޭނުންކުރާ އެކްސްކަވޭޓަރ މަރާމާތު ކުރުމާއި ގުޅޭ

ނަންބަރ: (IUL)258/258/2022/72                  

 

އިޢުލާން

    

ހަނިމާދޫ ކައުންސިލް އިދާރާގައި ބޭނުންކުރާ އެކްސްކަވޭޓަރ މަރާމާތު  ކުރުމާއި ގުޅޭ.

 

 

            ހަނިމާދޫ ކައުންސިލް އިދާރާގައި ބޭނުންކުރާ އެކްސްކަވޭޓަރ މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މަރާމާތު  ކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 ޖުލައި 19 ވަނަ ދުވަހު ކުރި މިކައުންސިލްގެ ނަންބަރު (IUL) 258/258/2022/65 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅުއްވާފައި ނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތްތެއް ހޯދަން ބޭނުން ވެއްޖެއެވެ.

              ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 2022 އޯގަސްޓް 29 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

              އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ  2022 ސެޕްޓެމްބަރ  05 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

19  މުޙައްރަމް 1444

17  އޮގަސްޓް 2022

17 އޮގަސްޓް 2022
ހޯދާ