އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
01 އަހަރު ދުވަހުގެ މުއްދަތަށް ކުޅިވަރުކުޅޭ ބައެއް ބިންތައް އަދި ހިނަވާގެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް

01 އަހަރު ދުވަހުގެ މުއްދަތަށް ކުޅިވަރުކުޅޭ ބައެއް ބިންތައް އަދި ހިނަވާގެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، ބީލަންހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް، 2022 އޮގަސްޓް 28 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިބީލަމުގެ "ބީލަން ރަޖިސްޓްރޭޝަން ޝީޓް"

ގައި ރަޖިސްޓަރީ ކުރެވޭނެއެވެ. ދެންނެވިފައިވާ މުއްދަތުގައި އިއުލާނާ އެއްހީރަސްކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރުއްވައި މިއިދާރާގެ [email protected]  މެއިލް ކުރެއްވުމުން ރަޖިސްޓަރީ ކުރާނެއެވެ. މި

ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014)

ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައްކަމުގައި ދެންނެވީމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މަސައްކަތުގެ ޕްރީބިޑް / މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  އޮންނާނީ، 2022 އޮގަސްޓް 29 ވާ ހޯމަ ދުވަހުގެ 13:00 ގައި ތޮއްޑޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމުގައެވެ. މި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ

2022 ސެޕްޓެމްބަރ 07 ވާ ބުދަ ދުވަހުގެ 13:00 ގައި ތޮއްޑޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމުގައެވެ.  ބީލަން ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި

" ކުޅިވަރުކުޅޭ ބައެއް ބިންތައް އަދި ހިނަވާގެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް" މިހެންލިޔެފައިއޮންނަންވާނެއެވެ.

މި ބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ 6660537 / 9160614 މިނަންބަރު ފޯނަށެވެ.

 

 

 

17 އޮގަސްޓް 2022
ހޯދާ