ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ބެލުމުގެ ދަށުަގއިވާ ބައެއް ތަންތަން ސާފުކޮށް ބެލެހެއްޓުން.

ނަންބަރ: (IUL)258/258/2022/71

 

އިޢުލާން

         

ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ބައެއް ތަންތަން ސާފުކޮށް ބެލެހެއްޓުން.

 

          ހަނިމާދޫ ކައުންސިލް އިދާރާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މިދަންނަވާ ތަންތަން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

               ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 2022 އޮގަސްޓް 25 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 ސެޕްޓެމްބަރ 04 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            އަދި ދަންނަވަމެވެ. މި މަސައްކަތަށް ވަކިވަކިން އަދި އެއްކޮށްވެސް އަގު ހުށަހެޅުއްވުމުގެ ފުރުސަތު އޮންނާނެއެވެ.

  1. ހަނިމާދޫ ރަސްމީ ބޯޅަދަނޑު 1 އަހަރަށް.
  2. މަސްމާރުކޭޓް 1 އަހަރަށް.
  3. ހަނިހޭޅި / ދެކުނުއަވަށު އައުޓުޑޯ ޖިމް 1 އަހަރަށް.
  4. ކުޑަކުދިންގެ ޕާކް 1 އަހަރަށް.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18  މުޙައްރަމް  1444

16  އޮގަސްޓް  2022

16 އޮގަސްޓް 2022
ހޯދާ