ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ޓްރައިބިއުނަލް އޮފިސަރ (ވޭޖް)

މިޓްރައިބިއުނަލަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

އެސިސްޓެންޓް ޓްރައިބިއުނަލް އޮފިސަރ

ބޭނުންވާ ޢަދަދު:

02

މަޤާމް ގިންތި:

ވަގުތީ (03 މަސް)

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

ލީގަލް، ރިޕޯޓިންގް އެންޑް ކޭސް މެނޭޖްމެންޓް ސެކްޝަން،  ޓެކްސް އެޕީލް ޓްރައިބިއުނަލް

މުސާރަ، ޢިނާޔަތްތަކާއެކު:

- މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/250 ރުފިޔާ  

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތަކުގެ އަޑުއެހުންތައް ޓައިޕްކޮށް މަޙްޟަރު ބަޔާންތައް އެކުލަވާލުން.
  2. ޓްރައިބިއުނަލުން ބަލައި ނިންމާ މައްސަލަތަކުގެ ރިޕޯޓު ޕްރިންޓްކޮށް ދޫކުރުމުގައި އެހީތެރިވެދިނުން.
  3. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޙަވާލުކުރެވޭ އިދާރީ މަސައްކަތްތައް ގަވާއިދުތަކާއި އުޞޫލުތަކާއިއެއްގޮތަށް ކުރިއަށްގެންދިއުން.                                   

މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު 

-  އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން މަދުވެގެން 1 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއިއެކު އެޗް.އެސް.ސީ އިމްތިޙާނުގެ ދިވެހި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ނުވަތަ،

- އޯލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި މާއްދާއިން  ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް).
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވަޒީފާ ހަމަޖެއްސުމުގެ ކުރިން ވަޒީފާއަށް ހޮވޭ ފަރާތަކުން އެޓެސްޓްކޮށް ހުށަހަޅަންވާނެއެވެ). 
  7. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، ކުރި މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާކުރި މުއްދަތާއި އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަންވާނެއެވެ. މީގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ޓްރައިބިއުނަލުގެ ވަޒީފާއަށް ކުރިމަތިލާއިރު އެހެން ތަނެއްގައި ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ، ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިޔުން ތައްޔާރުކުރި ތާރީޚް އެނގެން އޮންނަންވާނެއެވެ.)

އެހެނިހެން މަޢުލޫމާތު

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން މި ޓްރައިބިއުނަލުން ދޭ ޕްރެކްޓިކަލްގައި ބައިވެރިވާ ފަރާތްތަކަށެވެ.

-  ނަމަވެސް، އެކަށީގެންވާ ވަރަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން ކުރިމަތިލާފައިނުވާނަމަ، ކުރިމަތިލާ ހުރިހާ ފަރާތްތަކަށް ޕްރެކްޓިކަލްއާއި އިންޓަވިއުއަށް ދަޢުވަތުއެރުވޭނެއެވެ.

-  މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިޓްރައިބިއުނަލްގެ ނަންބަރު 3015555 ފޯނަށް ގުޅުއްވުން އެދެމެވެ.     

އިސްކަންދެވޭނެ ފަރާތްތައް

 

-  ޕްރެކްޓިކަލް އިމްތިހާނުން ފަރިތަކަމާއެކު ދިވެހި ޓައިޕްކުރަން އެނގޭކަން ސާބިތުކޮށްދޭ ފަރާތެއް ކަމުގައިވުން.      

                   އެޕްލިކޭޝަން ހުށަހަޅާނެގޮތް

ސުންގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 2 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އަށް މެއިލްކުރުން. މެއިލްކުރާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ. (މެއިލް ކުރުމަށްފަހު އޮފީހަށް މެއިލް ލިބުނުތޯ ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލާ ފަރާތެއްގެ ޒިންމާއެކެވެ.)

23 އޮގަސްޓް 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން

 

 

16 އޮގަސްޓް 2022
ހޯދާ