މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންސް އޮފިސަރ

އިޢުލާން

މަޤާމު:

އެސިސްޓެންޓް ފައިނޭންސް އޮފިސަރ

ރޭންކް:

GS3

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޯޕަރޭޓް އެފެއާޒް ޔުނިޓް، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލް އިދާރާ

މަޤާމުގެ ގިންތި:

ވަގުތީ

ކްލެސިފިކޭޝަން:

އޮފިސަރ ގުރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގުރޭޑް 1

މުސާރަ:

4,465.00 ރުފިޔާ

ސަރވިސް އެލަވަންސް:

 1,500.00 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

 

ދަތުރު އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ، ސިވިލް ސަރވިސް ޤަވާޢިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަގާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑް ލިބިފައިވުމާއި،  ސެކަނޑްރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1- އިދާރައިގެ ފައިސާގެ އެންމެހައި ކަންކަން، ޒިންމާދާރުކަމާއެކު، މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ހިންގައި ބެލެހެއްޓުން.

2- ކަނޑައެޅިފައިވާ ތާރީޚަށް ބަޖެޓް ހަދާފައި ފޮނުވުމާއި، މުވައްޒަފުންގެ މުސާރަ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ޤަވާޢިދާ އެއްގޮތަށް ދިނުން.

3- އެކިފަރާތްތަކުން ކައުންސިލަށް ލިބެންވެފައި ނުލިބިހުންނަ ފައިސާގެ މަޢުލޫމާތު އެއްކުރުމާއި، އެ ފައިސާ ހޯދުމުގެ މަސައްކަތްކުރުން.

4- ފައިސާ ބަލައިގަތުމާއި، ފައިސާ ހަވާލުކުރުމުގެ އެންމެހައި ކަންކަން ކުރުން.

5- ފިޠުރުޒަކާތާއި މުދަލުޒަކާތް ބަލައިގަތުމާއި، އޭގެ ޙައްޤުވެރިންނަށް ބަހައިދިނުމަށް ކުރަންޖެހޭ ކަންކަން ކުރުން.

6- ރަށު ރައްޔިތުންގެ މާލިއްޔަތާއި ކައުންސިލް އިދާރާގެ ފައިސާގެ އެކައުންޓްތައް އޮޕަރޭޓްކޮށް ވަޞީލަތްތައް ބެލެހެއްޓުން.

7-  ރައްޔިތުންގެ މާލިއްޔަތާބެހޭ މަޢުލޫމާތު ކޮންމެ މަހަކު އެއްފަހަރު ޢާއްމުކުރުން.

8-  އިދާރާގެ މުވައްޒަފުންނާ ގުޅޭ އެންމެހައި ރެކޯޑްތައް ޗެކުކުރުމުގެ މަސައްކަތް ޒިންމާދާރުކަމާއެކު ކުރުން.

9-  ތަނަށް ބޭނުންވާތަކެތި ހޯދައި ޖަމާކޮށްދިނުމަށް މަގުފަހިކޮށްދީ އެހީތެރިވެ މަގުދައްކައިދިނުމާއި ހިންގުން.

10- ފައިސާއާބެހޭ އެންމެހައި ރިޕޯޓްތައް މަހުން މަހަށް ފޮނުވަންވާ އިދާރާތަކަށް ޤަވާޢިދުން ފޮނުވުން.

11- ކައުންސިލުގެެ ރިޕޯޓްތައް ފޮނުވުމަށް ދޭންޖެހޭ ފައިސާގެ މަޢުލޫމާތު މުއްދަތަށް ފޮނުވޭހައި ވަގުތުއޮއްވައި ދިނުން.

12- ވަޒިފާގެ ހައިސިއްޔަތުން ކުރަންޖެހޭ މިނޫން ކަންކަމާއި ހަވާލުކުރެވޭ ކަންކަންކުރުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރު ކައުންސިލްގެ އިދާރާގައެވެ. ދުވަހާއި، ގަޑި މަސައްކަތު 5 ދުވަހުގެ ކުރިން، ވަޒީފާއަށްއެދި ހުށަހަޅާފައިވާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

2014 އޮކްޓޫބަރު 26 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:30 ގެ ކުރިން، ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތަކާއެކު މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ހުޅުދުއްފާރު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑްކުރެވޭނެއެވެ.

2. ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް. 

3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

މި މަޤާމަކީ، މި މަޤާމުގެ ޝަރުޠުހަމަވާ ފަރާތެއް ލިބެންދެން ދެމިއޮންނާނެ މަޤާމަކަށްވާތީ، މި މަޤާމަށް މީހަކު ނެރެވޭނީ މި އިދާރާއާއި އެ މަޤާމަށް ހޮވޭ ފަރާތަކާ ދެމެދު 1 އަހަރުދުވަހަށް ވެވޭ އެއްބަސްވުމަކަށްފަހުގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580069 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580069 އެވެ. އީމެއިލްކުރާނީ  [email protected]  އަށެވެ.

20  ޛުލްޙިއްޖާ  1435

14 އޮކްޓޫބަރު 2014
ހޯދާ