ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓް-ޓައިމް ލެކްޗަރަރ

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

މިފެކަލްޓީގައި ހިންގާ އެޑްވާންސް ސެޓްފިކެޓާއި، ބެޗްލާރސް އަދި މާސްޓަރސް ޑިގްރީ ކޯސްތަކުގައި ކިޔަވާދެއްވާނެ ޕާރޓްޓައިމް ލެކްޗަރަރުން ބޭނުންވެއެވެ.

ބޭނުންވާ މާއްދާތައް:

Introduction to Social Policy – SOC503 (Blended)

Governance and Democracy – POL209 (FtF/Evening)

Radio Reporting – JOU113 (FtF/Evening)

Introduction to International Relations – POL107 (FtF/Evening)

Introduction to Mass Communication – JOU101 (FtF/Evening)

*FtF: Face to Face

ކެމްޕަސް:

މާލެ

ޝަރުތު:

ދަށްވެގެން އެ މާއްދާއަކަށް ކަނޑައަޅާފައިވާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް ސަނަދެއް ޙާޞިލުކޮށްފައިވުން. (ކެނޑިޑޭޓުން ހޮވުމުގައި ކިޔަވައި ދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކު ކުރުމަށް، ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ހުށައަޅަންޖެހޭ ތަކެތި

1- މިކަމަށް އެދިވަޑައި ގަންނަވާ ފަރާތްތަކުން މި ފެކަލްޓީއަށް އެޕްލިކޭޝަން ފޮނުއްވުން އެދެމެވެ. އީމެއިލުން ފޮނުވާ އެޕްލިކޭޝަންވެސް ބަލައިގަނެވޭނެއެވެ. އީމެއިލް ކުރަށްވާނީ [email protected]  އަށެވެ.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

4- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މައުލޫމާތު

- ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާއި އެއްގޮތަށެވެ.  

- މި މަޤާމުތަކަށް މީހުން ހޮވުމުގައި މާއްދާއާއި ގުޅުންހުރި ދާއިރާއަކުން ކިޔަވާދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ މި ފެކަލްޓީގެ އީމެއިލް [email protected]  އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ.

ސުންގަޑު

14 އޮގަސްޓް 2022 ( އާދިއްތަ ) ދުވަހުގެ 13:30 ގެ ކުރިން

11 އޮގަސްޓް 2022
ހޯދާ