ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓު އޮފިސަރ

އިޢުލާން

      

ވަޒީފާގެ ފުރުޞަތު

ނަންބަރ: Q8C-A/2022/9   

ތާރީޚް:  11 އޮގަސްޓް 2022

މަޤާމް

ކޯޓު އޮފިސަރ

ރޭންކް: ޖީ.އެސް 3 

ކުލަސިފިކޭޝަން

އޮފިސަރ ގްރޭޑް - 1

މުއްދަތު: ދާއިމީ

އަދަދު

01

މަޤާމު އޮތް ކޯޓު ނުވަތަ އިދާރާ

ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް

މަސައްކަތްކުރަންޖެހޭ ތަން

ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/4465

އެލަވަންސް

-   ސާރވިސް އެލަވަންސް -/1500ރ

-   ޖުޑީޝަލް އެލަވަންސް: މުސާރައިގެ %25 (1,116.25ރ)

-   ލިވިންގް އެލަވަންސް -/2550ރ

-   ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

-   ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

އަސާސީ ޝަރުޠު

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއި އެކު؛

1-     ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް"  ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.         ނުވަތަ؛

 

2-     މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލުކޮށްފައިވުން.

އެހެނިހެން ޝަރުޠު

1-     ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

2-  ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ކޯޓުގެ މުވައްޒަފަކާއި ހުރި ފަރާތެއް ކަމުގައި ނުވުން.

މަޤާމު މައިގަނޑު މަސައްކަތްތައް

  1. މައްސަލަތަކުގެ ޝެޑިއުލްއާއިއެއްގޮތަށް ކޯޓް ރޫމްތައްޔާރުކޮށް ޝަރީޢަތުގެ މަޖްލީހުގެ ކަންކަން ޤަވާއިދުން ބެލެހެއްޓުން.
  2. މައްސަލަތަކާއި ގުޅިގެން ޙާޟިރުކުރަންޖެހޭ ފަރާތްތަކަށް އަމުރު ތައްޔާރުކުރުން.
  3. ޝަރުޢީ ސެކްޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އޯޑިއޯ ބަޔާނާއި މަޙްޟަރު ބަޔާން ލިޔުމާއި ރިޕޯޓް ލިޔުން.
  4. މައްސަލަތަކުގެ ބަޔާންތައްލިޔުމާއި ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓް ލިޔުން.
  5. ކޯޓްއަމުރުތައްޔާރުކުރުން (ބަލާފާސްކުރުމާއި، މުއްދަތުއިތުރުކުރުމާއި، ހައްޔަރުކުރުމަށްނެރޭއަމުރުތައް) މެޖިސްޓްރޭޓް އަންގަވާގޮތެއްގެ މަތިން ތައްޔާރުކުރުން.
  6.  ޝަރުޢީ ސެކްޝަނުން ނިންމާ މައްސަލަތަކާއި ގުޅިގެން ޙުކުމްތަންފީޒްޗިޓާއި ޖޫރިމަނާ ޗިޓް ތައްޔާރުކުރުމާއި މައްސަލަތަކާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން.
  7. ކޯޓް އަމުރުތައް ފައިލްކުރުން.
  8. ހަމަޖެހިފައިވާ އުސޫލުން ކޯޓު ހުޅުވާ ލެއްޕުން.
  9. އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤާވާއިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ އެންމެހައި މަސައްކަތް ޤަވާއިދުން ކުރުން.

ތަޢުލީމީ ރޮނގު

     

ޝަރީޢާ/ ޝަރީޢާ އެންޑް ލޯ/ ލޯ / އިންފޮމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އެޗް.އާރު

މަސައްކަތާ ގުޅޭ ތަޢުލީމީ ސެޓްފިކެޓް

1. ބިޒްނަސް / އޮފީސް އެޑްމިނިސްޓްރޭޝަން

2. ހިއުމަން ރިސޯސް

3. މެނޭޖްމަންޓް

4. ޝަރީޢާ / ޤާނޫނު

5. އިންފޮމޭޝަން ޓެކްނޮލޮޖީ

6. އެޗް.އާރު

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޯޓް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަވިއުއަށް ބަލައެވެ. މިގޮތުން މި ބައިތަކަށް ކަޑައެޅިފައިވަނީ:

ކޮންޕިޓެންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ(%)

ތަޢުލީމް

30%

މަސައްކަތުގެ ތަޖުރިބާ

10%

އިންޓަވިއު

50%

މަސައްކަތަށް ބޭނުންވާ ހުނަރު

10%

ހުށަހަޅަންޖެހޭ ތަކެތި

1-     ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.

2-     ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.

3-     ކުރިމަތިލާ ފަރާތުގެ ވަނަވަރު.

4-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5-     ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.

6-     ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

7-     ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.

8-     މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

9-     މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.

10- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

22 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކޯޓުގެ ކައުންޓަރަށް ނުވަތަ މިކޯޓުގެ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ދުވަހެއް ފަހުން ހިއްސާކޮށްލާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު

 

 

 

 

-         މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިކޯޓުތަކުގެ ކައުންޓަރުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.

-         މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.

-         މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6840141

-         ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

-         އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

-         މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

-      ދިވެހިބަހުން ކޮންޕިއުޓަރުން ލިޔަން ފަރިތަ ފަރާތަކަށްވުން.

-      ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.

-      ގިނަވަގުތު އޮފީހުގައި މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

-      އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

-      މައިކްރޯސޮފްޓް ވޯޑް، އެކްސެލް އެކަށީގެންވާ ފެންވަރެއްގައި ބޭނުންކުރަން އެނގުން.

-      ވަޒީފާއަށް ހަމަޖެއްސުމުގެ ކުރިން ބެކްގްރައުންޑް އެސެސްމަންޓެއް ކަމާ ގުޅުންހުރި އިދާރާތައް މެދުވެރިކޮށް ހެދޭނެއެވެ.

‏13 މުޙައްރަމް   1444

‏11‏ އޮގަސްޓް   2022

11 އޮގަސްޓް 2022
ހޯދާ