ރ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބިދޭސީ ޓީޗަރުން އަހަރީ ޗުއްޓީއަށް މާލެ ގެންދިޔުމުގެ ދަތުރާބެހޭ

ރ. އަތޮޅު ސްކޫލްތަކުގައި މަސައްކަތްކުރައްވާ ބިދޭސީ ޓީޗަރުން އަހަރީ ޗުއްޓީއަށް ޤައުމަށް ފުރުއްވުމަށް 10 ނޮވެންބަރު 2014 އިން 15 ނޮވެންބަރު 2014 އާ ދޭތެރޭގެ ތާރީޚުތަކެއްގައި 280 މީހުން މާލެއަށް ގެންދަން ބޭނުންވެއެވެ.

ވީމާ، މިދަތުރުތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

22 ޛުލްޙިއްޖާ 1435

16 އޮކްޓޫބަރު 2014
ހޯދާ