އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާރކްސެޓް ސަޕްލައިކޮށްދިނުމުގެ މަސައްކަތާބެހޭ

މި ކައުންސިލްގެ ފަރާތުން މިރަށުގައި ކުޑަކުދިންގެ ޕާރކް އެއް އެޅުމަށް ހަމަޖެހިފައިވުމާއި އެކު ކުޑަކުދިންގެ ޕާރކްސެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2022 އޮގަސްޓް 21 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް މިއިދާރާގައި ރަޖިސްޓަރީވެ، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް

ބޭނުންފުޅުވާނަމަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓަރީވުމާއި، މަޢުލޫމާތު ސާފުކުރުމަށް [email protected] އީމެއިލްއަށް

(މަޢުލޫމާތު ސާފުކުރައްވާ ފަރާތުގެ ނަން، އެޑްރެސް، ފޯން ނަންބަރު، އީމެއިލް އެޑްރެސް) ހުށައެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު  ކައުންސިލްގެ އިދާރާއިން އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 އޮގަސްޓް 30 ވާ އަންގާރަ ދުވަހު 13:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހަޅުއްވާއިރު ބަދަލުގައި

އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި ބީލަމުގައި 

ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު

(ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައްކަމުގައި ދެންނެވީމެވެ.

ބީލަން ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ކުޑަކުދިންގެ ޕާރކްސެޓް ފޯރުކޮށްދިނުމަށް އެދި ހުށައަޅާ އަންދާސީ ހިސާބު" މިހެން ލިޔުމަށްފަހުގައެވެ.

މަޢުލޫމާތު ފުރިހަމަނުވާ ބީލަންތަކާއި، ގަޑިޖެހުމަށްފަހު ގެންނަ ބީލަންތަކާއި، އަދި މި އިދާރާއިން ބީލަން ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާފައިވާ ބީލަންތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

10 އޮގަސްޓް 2022
ހޯދާ