އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެސިސްޓަންޓް ކުކް، ކިޗަން ހެލްޕަރ، ވެއިޓަރ - އައިޔޫއެމް ކެންޓީން

ވަޒީފާގެ ފުރުސަތު

 

ނަންބަރު:IUMH-AD/I/2022/54

އައިޔޫއެމް ކެންޓީންގައި މަސައްކަތް ކުރުމަށް މުވައްޒަފުން ހޯދުމަށް ތިރީގައިވާ މަޤާމްތަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލަމެވެ.

 މަޤާމު:

 އެސިސްޓަންޓް ކުކް

 އަދަދު: 1

މުސާރަ:

  • އަސާސީ މުސާރަ: މަހަކު 5000.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކު 1400.00 ރުފިޔާ
  • ކުކް އެލަވަންސް: މަހަކު 600.00 ރުފިޔާ
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 60.00 ރުފިޔާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

މަޤާމުގެ ޝަރްޠުތައް:

  • ލިޔަންކިޔަން އެގުން
  • އުމުރުން 18 އަހަރު ފުރިފައިވުން.
  • މީރުކޮށް ކައްކަން އެނގޭ ކެއްކުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވާ މީހެއް ކަމުގައިވުން.
  • ހޮޓާ ނުވަތަ ކެފޭތަކުގައި ކެއްކުމުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނަށް ކެއުމާއި ސަޔާއި ހެދިކާ ތައްޔާރު ކުރުން.
  • ކަސްޓަމަރުންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށްޓަކައި ބަދިގެއާއި ކެންޓީންގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  • ބަދިގެ ތެރޭގައި ކެއްކުމަށް ބޭނުންކުރާ ހުރިހާ ތަކެއްޗާއި، ސިންކާއި، އައިސްއަލަމާރި، އުނދުން ފަދަ މެޝިނަރީޒް ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުމާއި މިފަދަ ކަންތައްތައް ކުރުން.
  • ކެއްކުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަންތައްތައް ކުރުން.
  • މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުން.

 

 މަޤާމު:

ބަދިގެ އެހީތެރިޔާ

މުސާރަ:

  • އަސާސީ މުސާރަ: މަހަކު 5000.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކު 1500.00 ރުފިޔާ
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 50.00 ރުފިޔާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ ޝަރްޠުތައް:

  • ލިޔަންކިޔަން އެގުން
  • އުމުރުން 18 އަހަރު ފުރިފައިވުން.
  • މީރުކޮށް ކައްކަން އެނގޭ ކެއްކުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވާ މީހެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނަށް ފަރިއްކޮޅުތައް ތައްޔާރު ކުރުމަށް ކައްކާއަށް އެހީތެރިވުން
  • ކަސްޓަމަރުންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށްޓަކައި ބަދިގެއާއި ކެންޓީންގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  • ބަދިގެ ތެރޭގައި ކެއްކުމަށް ބޭނުންކުރާ ހުރިހާ ތަކެއްޗާއި، ސިންކާއި، އައިސްއަލަމާރި، އުނދުން ފަދަ މެޝިނަރީޒް ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުމާއި މިފަދަ ކަންތައްތައް ކުރުން.
  • ކެއްކުމަށް ބޭނުންވާ ތަކެތި ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަންތައްތައް ކުރުން.
  • މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުން.

 

 މަޤާމު:

ވެއިޓަރ

 އަދަދު: 1

މުސާރަ:

  • އަސާސީ މުސާރަ: މަހަކު 5000.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކު 1170.00 ރުފިޔާ
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 50.00 ރުފިޔާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

މަޤާމުގެ ޝަރްޠުތައް:

  • ލިޔަންކިޔަން އެގުން
  • އުމުރުން 18 އަހަރު ފުރިފައިވުން.
  • ރިވެތިބަހުން މުޢާމަލާތްކުރުމާއި ކަސްޓަމަރުންނާއި ޑީލްކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހެއްކަމުގައިވުން.

ނޯޓު: މިމަޤާމަށް ބޭނުންވަނީ ކޮރަޕްޝަން މައްސަލައަކާއި ގުޅުމެއްނެތް އަޚްލާޤް ރަނގަޅު ކެނޑިޑޭޓެކެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނަށް ފަރިއްކޮޅުތައް ގެންގޮސް ދިނުން.
  • ބުފޭ އަށް ކެންޓީން ތައްޔާރު ކުރުން.
  • ހުސް މޭޒުތައް ސާފުކޮށް ތައްޔާރުކުރުން.
  • ކަސްޓަމަރުންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށްޓަކައި ކެފޭ ތެރޭގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  • ސުޕަރވައިޒަރ އާއި ކައްކާގެ ދަށުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.
  • ކެއްކުމާއި ތެލިތަށި ދޮވުން ފަދަ ކަންތައްތައް ސުޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ކުރުން.
  • މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުން.

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެންޓީން

ވަގުތު:

ހެނދުނު 7:00 އާއި ރޭގަނޑު 10:00 އާއި ދެމެދު 8 ގަޑިއިރު (ޝިފްޓް އުސޫލުން)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • މަޑުމައިތިރިކަމާއެކު މުޢާމަލާތް ކުރެވޭ ފަރާތްތައް.
  • ކަސްޓަމަރ ސަރވިސް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި އަދާކޮށްފައިވާ ވަޒީފާގެ ތަފްސީލުތަށް ހިމެނޭގޮތަށް ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  1. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  3. އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ (ތަޖުރިބާއަށް މަރކްސް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ރެފަރެންސް ސިޓީތަކަށެވެ. ރެފަރެންސް ސިޓީގައި ސާފުކޮށް މަސައްކަތް ފެށި ތާރީޚް އޮންނަންވާނެއެވެ. ސާފުކޮށް މަސައްކަތް ފެށިތާރީޚް އެނގެން ނެތްނަމަ އެ ރެފަރެންސް ސިޓީ  ތަޖުރިބާއަށް  މާރކްސް ދިނުމުގައި ނުބެލޭނެއެވެ.)
  4. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ހުށަހަޅާނީ ތިރީގައިމިވާ ލިންކް ބޭނުންކޮށްގެންނެވެ.

https://forms.gle/CLjXfApCiaBVhJZQ9

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 18 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި މެންދުރު 13:00 އާއި ދެމެދު 3001885 އަށް ގުޅުއްވުން އެދެމެވެ.

 

10 އޮގަސްޓް 2022
ހޯދާ