ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން.

ނަންބަރ: (IUL)258/258/2022/68

 

އިޢުލާން

         

ރުއްގަހުގެ ވެރިފަރާތް ހޯދުމަށް.

 

 

            ހަނިމާދޫގައި އަލަށް ތަރައްޤީ ކުރެވޭ ބަނދަރާއިގުޅޭ ގޮތަށް ރަށުތެރެއިން އޮތް މިދަންނަވާ މަގުތަކުގައި (ދަންޑަހިލު ހިނގުމުގެ އިރުމަތި ކައިރިން ހުޅަނގަށް ބަނދަރު ހިމެނޭ ސަރަޙާއްދާއި ހަމައަށް އޮތް ބޮޑުތަކުރުފާނުމަގު، މާވެޔޮމަގު، ޗަނބޭލީމަގު، ޗާނދަނީމަގު) މި މަގުތަކުގައި ހުރި ރުއްގަހުގެ މިލްކު ވެރިފަރާތެއް ވާނަމަ އެރުއްގަހުގެ ވެރިފަރާތުން މިލްކުވެރިކަން ސާބިތުކުރި ލިޔުން ނުވަތަ ރުއްގަހުގެ ރަޖިސްޓްރީ ހިއްޕަވައިގެން 2022 އޮގަސްޓް 11 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. މިމުއްދަތުގައި މިރުއްގަހުގެ ވެރިފަރާތުން ކައުންސިލް އިދާރާއަށް ހުށަހަޅާފައިނުވާ ރުއްގަސް ވެރިފަރާތެއް ނެތްކަމުގައިބަލާ އެފަދަ ރުއްގަސް ނަގާ ނައްތާލެވޭނެކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.    

 

06  މުޙައްރަމް  1444

04  އޮގަސްޓް  2022

04 އޮގަސްޓް 2022
ހޯދާ