މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާން ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ގަބުރުސްތާން ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

       ބ.މާޅޮހު ގަބުރުސްތާން ނޮޅާ ސާފުކޮންދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 އޮގަސްޓް 14 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަގުހުށަހެޅުމަށް މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހިގެން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަސައްކަތުގެ މަޢުލޫމާތު

-          ހިޔާދޭ ބޮޑެތި ގަސްތައް ފިޔަވައި ޤަބުރުސްތާނުގައިވާ ވިނަތަށް ނޮޅާ ސާފުކުރުން

-          ޤަބުރުސްތާން ވަށައިގެން ބޭރުން 5 (ފަހެއް) ފޫޓު ސާފުކުރުން

-          ނޮޅާސާފުކުރާތަކެތި 5 (ފަހެއް) ފޫޓު ދުރަށް އެޅުން

       މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ބޭފުޅުން 2022  އޮގަސްޓް 11 ވާ ބުރާސްފަތި ދުވަހުގެ 10:00ށް ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ބޭފުޅުންގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދައްނަވަމެވެ.

ބިޑް ރަޖިސްޓްރީކުރުން

         މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022  އޮގަސްޓް 11 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުމަށް މި އިދާރާ އަށް ވަޑައިގެން، މި އިދާރާގެ ނަންބަރު 6600056 ގުޅުއްވައިގެން ނުވަތަ މި އިދާރާގެ މެއިލް އެޑްރެސް [email protected] އީމެއިލްއަށް ބިޑުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ތަފްސީލު (ނަމާއި އެޑްރެސް/ ފޯން ނަންބަރު / އީމެއިލް އެޑްރެސް /  އައިޑީ ކާޑު ނަންބަރު،ވިޔަފާރި/ ޖަމިއްޔާގެ ރަޖިސްޓްރީ ކޮޕީ) އިޢުލާން ނަންބަރާއި އެކު މެއިލްކޮށް ދިނުން އެދެމެވެ.   

  މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި ޕޮއިންޓް ދޭނެ އުސޫލު

-          މަސައްކަތަށް ހުށަހަޅާ އަގު:   %90

-          މަސައްކަތައް ހުށަހަޅާ މުއްދަތު:   

އިތުރު މަޢުލޫމާތު

         މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު  6600056 / 7612867 އަށް ގުޅުއްވުމަށް ދަންނަވަމެވެ.އަދި މިއިދާރާގެ އީމެއިލް: [email protected] އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

         ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

                   06  މުޙައްރަމް 1444     

                   04 އޮގަސްޓް  2022

                                                        

04 އޮގަސްޓް 2022
ހޯދާ