ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިއޮފީހުގައި ބޭނުން ކުރަމުން އަންނަ 150 ޓަނުގެ ކްރޭނާއި ބެހޭ.

މިއޮފީހުގައި ބޭނުން ކުރަމުން އަންނަ 150 ޓަނުގެ ކްރޭނަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބަނދަރަށް ގެންނަ ބަރު ކޮންޓެއިނަރ ބޭލުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

      ކްރޭނަށް ދިމާވި މައްސަލަ ޙައްލު ކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އަދި މި މައްސަލަ ޙައްލުކުރެވެންދެން މިފަދަ ބަރު ކޮންޓެއިނާރ ބޭލޭނެ ވެހިކަލްއެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މި ބަނދަރަށް ގެނައުމުގެ މަސައްކަތްވެސް ކުރަމުން ދާވާހަކަ ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

      އެހެންކަމުން ކުޅުދުއްފުށީ ޕޯޓަށް ކޮންޓެއިނާރ އެތެރެކުރާ ފަރާތްތަކުން، ކޮންޓެއިނާރ ދޯނިފަހަރަށް ލޯޑް ކުރުމުގެކުރިން މި ޕޯޓްގެ ކާރގޯ އޮޕަރޭޝަންސް އަދި ކުޅުދުއްފުށީ ކަސްޓަމްސްއާއި މަޝްވަރާކުރުން މުހިންމު ކަމުގައި ދަންނަވަމެވެ. އަދި މި ޙާލަތުގައި ކުޅުދުއްފުށީ ޕޯޓުން ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށްޓަކައި ނިހާޔަތައް މަޢާފަށްއެދެމެވެ. އަދި މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

 

02 އޮގަސްޓް 2022
ހޯދާ