ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ލިޔުންތެރީންގެ ފޮތްމައުރަޒު ބާއްވާގޮތަށް ހަމަޖެއްސުން

ލިޔުންތެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ދުވަހާ ގުޅުވައިގެން، ބާއްވަމުން އަންނަ ލިޔުންތެރީންގެ ފޮތްމައުރަޒު މި އަހަރުވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ މައުރަޒު އޮންނާނީ އަންނަ ނޮވެންބަރުމަހުގެ 16 ން 20 އަށް ނޭޝަނަލް އާރޓުގެލެރީގައެވެ. މި ފޮތްމައުރަޒުގައި ބައިވެރިވުމުގެ ދޮރު ހުޅުވާލެވިފައިވަނީ ޢާންމުކޮށް ހުރިހައި ލިޔުންތެރިންނަށާއި، ފޮތް ވިއްކާ ފިހާރަތަކަށާއި، ސަރުކާރުގެ އޮފީސްތަކަށާއި، އަމިއްލަ ފަރާތްތަކުގެ ތެރެއިން ފޮތް އުފައްދައި ޝާއިޢުކުރާ ފަރާތްތަކަށާއި، ކުތުބުޚާނާ ފަދަ ތަންތަނަށެވެ.

ފޮތްމައުރަޒު ބޭއްވުމުގެ މަޤްޞަދަކީ ލިޔުންތެރީން އެއްތަނަކުން ބައްދަލުވެ އެމީހުންގެ ފޮތްތައް ދައްކާލުމުގެ ފުރުޞަތު ލިޔުންތެރީންނަށް ހޯދައިދިނުމާއި ދިވެހިބަހުން ޝާއިޢުކޮށްފައިވާ ގިނަ އަދަދެއްގެ ފޮތް ޢާންމުކޮށް ވިއްކާ އަގަށްވުރެ ހެޔޮ އަގެއްގައި އެއްތަނަކުން މީހުންނަށް ގަންނަން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

މި މައުރަޒުގައި ބައިވެރިކުރެވޭނީ މިދަންނަވާ ބާވަތުގެ ތަކެއްޗެވެ.

  1. ދިވެހިބަހުން ލިޔެ ޝާއިޢުކޮށްފައި ހުންނަ ފޮތްފޮތް
  2. ބޭރުބަހުން ދިވެހިންނާއި ދިވެހިރާއްޖެއާ ބެހޭގޮތުން ލިޔެފައި ހުންނަ ފޮތްފޮތް
  3. ކުޑަކުދީންނަށް އަކުރު އަންގައިދިނުމުގެ ގޮތުން ނުވަތަ ދިވެހިބަސް ދަސްކޮށްދިނުމުގެ ގޮތުން ދިވެހިބަހުން އުފައްދައިފައި ހުންނަ ފޮތްފޮތާއި ތަކެތި

މި މައުރަޒުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މި އޮކްޓޫބަރުމަހުގެ 20 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އެކެޑަމީއަށް ހުށަހެޅުން އެދެމެވެ.

މި މައުރަޒުގައި ބައިވެރިވާން އެދޭ ފޯމާއި މައުރަޒުގެ ގަވާއިދު މި އެކެޑަމީގެ ކައުންޓަރުންނާއި ވެބްސައިޓު: www.dhivehiacademy.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދަން އެދޭނަމަ، މި އެކެޑަމީގެ ފޯނު ނަންބަރު 3345284، 3345299 އާ ގުޅުން އެދެމެވެ.

09 އޮކްޓޫބަރު 2014
ހޯދާ