ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރގެ މަގާމަށް މީހަކު ހޯދުމާއި ގުޅޭ

`

 

 

(ނިލަންދެ އަތޮޅުއުތުރުބުރީ ފީއަލީ ކައުންސިލް އިދާރާ)

  (ފ.ފީއަލީ ، ދިވެހިރާއްޖެ)     

         ނަންބަރު:(IUL)370-CASA/370/2022/22

އިޢުލާނު

 

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-249979

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލް އިދާރާ

މުސާރަ:

މަހަކު 5610.00 ރުފިޔާ   

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ  

އެހެނިހެން އެލަވަންސް:

  1. ސިވިލްސަރވިސްގެ މުޥައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދްމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ މުޥައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  4. ސަޕޯޓިންގ ކޯ އެލަވަންސް: މަހަކު 700.00 ރުފިޔާ ( ހައްސަތޭކަ ރުފިޔާ )

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ސެކްޝަން ވެރިޔާ ނުވަތަ ސްޕަރވައިޒަރުދޭ އިރުސާދާ އެއްގޮތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަނުގެ މަޢުލޫމާތު ލިޔެ ބެލެހެއްޓުމާއި، ކުއްޔަށް ދޫކުރުމަށްއެދި ހުށަހަޅާފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ހުއްދަ ލިޔުން. އަދި އެމަޢުލޫމާތު ބަޖެޓް ސެކްޝަނަށް ފޮނުވުން. 
  2. ކައުންސިލުންކަނޑައަޅާ ގޮތެއްގެމަތިން މިރަށުގެ ހޮޓާތަކާއި، ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ގެސްޓުހައުސްތަކާއި، ޢާއްމު މާރުކޭޓުތަކާއި، ފިހާރަތަކާއި، ވިޔަފާރިކުރާ ގާޑިޔާތަކުގެ މަޢުލޫމާތު ސެކްޝަންވެރިޔާ ނުވަތަ ސްޕަރވައިޒަރުދޭ އިރުޝާދާ އެއްގޮތަށް ލިޔެ ދަފްތަރުކޮށް ބެލެހެއްޓުން.
  3. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން އިން ފުރިހަމަކޮށްފައިވާ ވިޔަފާރި ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ރަޖިސްޓްރީކުރުމާއި، ވިޔަފާރީގެ ނަންފާސްކުރުން ފަދަ ކަންކަމުގައި ކައުންސިލްގެ އެހީތެރިކަމަށް އެދޭފަރާތްތަކަށް ސެކްޝަން ވެރިޔާގެ އިރުޝާދުގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުން. 
  4. ކައުންސިލްގެ އިހްތިޞާސް ހިމެނޭ ތަނެއްގައި ގާޑިޔާ ވިޔަފާރިކުރުމާއި، މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށްއެދި ހުށަހައިފިނަމަ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ސެކްޝަންވެރިޔާގެ އިރުޝާދުގެ މަތިން ހުއްދަ ލިޔުންތަށް ފުރިހަމަކުރުން.
  5. ވިޔަފާރިކުރުމަށް ގެޒެޓްކުރެވޭ ޤާނޫނުތަކާއި ޤާނޫނުތަށް ނުވަތަ ކަމާގުޅުންހުރި މިނިސްޓްރީއިން އަންގާ އެންގުންތަކުގެ ޕްރެޒެންޓޭޝަން ތައްޔާރުކޮށް ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ވިޔަފާރިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  6. ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ރަށުގައި ބޭނުންކުރާ ލަކުޑިދޯނި، ފައިބަރުދޯނި، ރިޔަލުދޯނި، ޑިންގީ އަދި ކުދި ބޮއްކުރާ ފަހަރުގެ މަޢުލޫމާތު ސެކްޝަންވެރިޔާ ނުވަތަ ސްޕަރވައިޒަރުދޭ އިރުޝާދާ އެއްގޮތަށް ލިޔެ ދަފްތަރުކޮށް ބެލެހެއްޓުން.
  7. ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ސެކްޝަންވެރިޔާ ނުވަތަ ސްޕަރވައިޒަރުދޭ އިރުޝާދާ އެއްގޮތަށް ރަށުން ޢާއްމުދަނީ ހޯދުމަށްކުރާ ހުރިހާ މަސައްކަތެއްގެ މަޢުލޫމާތު ލިޔެ އަންނަމުންދާ ބަދަލުތަށް ހޯދައި ދަފްތަރުކޮށް ބެލެހެއްޓުން.
  8. އެކިއެކި ބޭނުންތަކުގައި ރަށުގައި ދިރިއުޅޭ ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް ސެކްޝަންވެރިޔާގެ އިރުޝާދުގެ މަތިން ދަފްތަރު ހަދައި ބެލެހެއްޓުމާއި އެމަޢުލޫމާތު ވުނަޕޯޓަލްގައި އަދާހަމަކުރަމުން ދިއުން
  9. ކައުންސިލްގެ ފަރާތުން ކުއްޔަށް ދޫކުރުމަށް ހަމަޖައްސާފައިވާ ރުއްގަހުގެ މަޢުލޫމާތު ސެކްޝަން ވެރިޔާ ނުވަތަ ސްޕަރވައިޒަރުގެ އިރުޝާދާ އެއްގޮތަށް ލިޔެ ރިކޯޑުތަށް ބެލެހެއްޓުން، އަދި މިދެންނެވި ތަކެތި ކުއްޔަށް ދޫކުރުމަށް ކުރަންޖެހޭ އިޢުލާނު ލިޔުމާއި އެގްރީމެންޓް ސެކްޝަން ވެރިޔާ ނުވަތަ ސްޕަރވައިޒަރުދޭ އިރުޝާދާ އެއްގޮތަށް ލިޔުން.
  10. އެއްގަމު އުޅަނދުފަހަރުގެ މައުލޫމާތު އެއްކޮށް ދަފްތަރުކޮށް އަހަރަކު 02 ފަހަރު އަދާހަމަކުރުން.
  11. ޖެންޑަރ މިނިސްޓްރީގެ ފަރާތުން އެކި ފަރާތްތަކާ ބެލުމަށް ޙަވާލުކުރާ ކުދިންގެ މައުލޫމާތު ރިޕޯރޓް ޤަވާއިދުން ފޮނުވުން
  12. ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން މަސްވެރިކަމުގެ ރިޕޯރޓް، އެހެނިހެން ރިޕޯޓް ހަމަޖެހިފައި ހުންނަ އުޞޫލުތަކާ އެއްގޮތަށް ސެކްޝަންވެރިޔާ ނުވަތަ ސްޕަރވައިޒަރުދޭ އިރުޝާދުގެމަތިން ލިޔެ ކަމާގުޅުންހުރި ފަރާތްތަކަށް ފޮނުވުން.
  13. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަރވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  14. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

 

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން.
  • މެނޭޖްމަންޓް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

އެމް.އެސް. 1 އަދި އެމް.އެސް. 2 ގެ ކްރައިޓީރިއާ

އަސާސީ ޝަރުތު ހަމަވުމުން.

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް ( އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް )

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 އޮގަސްޓް 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ފީއަލީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ، ޕްރެކްޓިކަލް  އޮންނާނީ، 2022 އޮގަސްޓް 21 އާއި 2022 އޮގަސްޓް 25 އާ ދެމެދު، ފީއަލީ ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740012 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

26  1433 L

25 ޖުލައި 2022

 

 

                                                             އަޙްމަދު ޝާހް

                                                          ސީނިއާރ ކައުންސިލް އޮފިސާރ

                                                          ( ވަގުތީ ސެކްރެޓަރީ ޖެނެރަލް )

25 ޖުލައި 2022
ހޯދާ