އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކެމްޕަސް މެނޭޖަރ - އައިޔޫއެމް ފުވައްމުލައް ލަރނިންގ ސެންޓަރ

ވަޒީފާގެ ފުރުސަތު

ނަންބަރު:IUMH-AD/I/2022/51

މަޤާމު:

ކެމްޕަސް މެނޭޖަރ

 ބޭނުންވާ ޢަދަދު : 1

މުސާރަޔާއި އިނާޔަތްތައް:

  1. މަޤާމުގެ ޝަރުތުތަކުގެތެރެއިން 1 ގައިވާ ޝަރުތުހަމަވާނަމަ:
  • އަސާސީ މުސާރަ : 8500.00
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: ދުވާލަކަށް 100.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކަށް 6250.00 ރުފިޔާ
  • ފޯނު އެލަވަންސް: މަހަކަށް 250.00 ރުފިޔާ
  1. މަޤާމުގެ ޝަރުތުތަކުގެތެރެއިން 2 ގައިވާ ޝަރުތުހަމަވާނަމަ:
  • އަސާސީ މުސާރަ: 6000.00
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: ދުވާލަކަށް 100.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކަށް 4750.00 ރުފިޔާ
  • ފޯނު އެލަވަންސް: މަހަކަށް 250.00 ރުފިޔާ
  1. މަޤާމުގެ ޝަރުތުތަކުގެތެރެއިން 3 ގައިވާ ޝަރުތުހަމަވާނަމަ:
  • އަސާސީ މުސާރަ: 5500.00
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: ދުވާލަކަށް 100.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކަށް 3250.00 ރުފިޔާ
  • ފޯނު އެލަވަންސް: މަހަކަށް 250.00 ރުފިޔާ
  1. މަޤާމުގެ ޝަރުތުތަކުގެތެރެއިން 4 ގައިވާ ޝަރުތުހަމަވާނަމަ:
  • އަސާސީ މުސާރަ: 5000.00
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: ދުވާލަކަށް 60.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކަށް 2000.00 ރުފިޔާ
  • ފޯނު އެލަވަންސް: މަހަކަށް 250.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައި.ޔޫ.އެމް  ފުވައްމުލަކު ސިޓީ ލަރނިންގ ސެންޓަރ (ޏ. ފުވައްމުލައް)

މަޤާމުގެ ޝަރްޠުތައް:

  1. އެޑިއުކޭޝަން ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު އެޑިއުކޭޝަން ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެޑިއުކޭޝަން ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8/7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު އެޑިއުކޭޝަން ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 
  3. ތަޢުލީމީ ދާއިރާގެ ހިންގުމުގެ މަޤާމެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  4. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  5. ކޮމްޕިއުޓަރ ލިޓެރަސީ: މައިކްރޮސޮފްޓް ވާޑު އެކްސެލް ފަދަ ޕްރޮގްރާމްތަކަށް ރަނގަޅަށް އަހުލުވެރިވެފައިވުން.
  6. ހީވާގި މުރާލިކަމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން.
  7. ނަޒާހަތްތެރި ރަގަޅު އަޚްލާގެއްގެވެރި މީހަކަށްވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ލަރނިންގ ސެންޓަރުގެ އިދާރީ ހިންގުމުގެ މަސައްކަތްތަކާއި ކިޔަވައިދިނުމުގެ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން.
  • ސެންޓަރުގެ އިދާރީ ފޮތްތައް ތައްޔާރުކޮށް ބެލެހެއްޓުމާއި އަދި އިދާރީ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • ސެންޓަރުގެ ހިސާބުތައް ބެލެހެއްޓުމާއި ޚަރަދުތައް ކަނޑައަޅާފައިވާ ބަޖެޓްތަކުގެ ތެރޭގައި ކުރިއަށްގެންދިއުން.
  • ހަރުމުދަލުގެ އިންވެންޓްރީ އަދި ސްޓޮކް އަޕްޑޭޓްކޮށް ހަރުދަނާ ނިޒާމެއްގެމަތީން އިންތިޒާމުކޮށް ބެލެހެއްޓުން.
  • ސެންޓަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެކްޝަން ޕްލޭން ތައްޔާރުކޮށް އެކަންކަން ހާޞިލުކުރުމަށް މަސައްކަތްކުރުން.
  • ކިޔަވައިދިނުމަށް ކްލާސްރޫމްތައް ތައްޔާރުކޮށް ލެކްޗަރާރުންނަށް ފަހިކޮށްދިނުން.
  • ސެންޓަރުގެ މަސައްކަތް ދުވަހުން ދުވަހަށް ހިންގުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ގާއިމްކޮށްދިނުން.
  • މާގާމާއި ގުޅިގެން މެނޭޖިންގ ޑިރެކްޓަރ ނުވަތަ އެޕަރޭޝަންސް މެނޭޖަރ ޙަވާލުކުރާ މަސައްކަތްތައް ކުރުން.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.
  • ހާސިލްކޮށްފައިވާ ތަޢުލީމާއި އަދާކޮށްފައިވާ ވަޒީފާގެ ތަފްސީލުތަށް ހިމެނޭގޮތަށް ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ (ތަޖުރިބާއަށް މަރކްސް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ރެފަރެންސް ސިޓީތަކަށެވެ. ރެފަރެންސް ސިޓީގައި ސާފުކޮށް މަސައްކަތް ފެށި ތާރީޚް އޮންނަންވާނެއެވެ. ސާފުކޮށް މަސައްކަތް ފެށިތާރީޚް އެނގެން ނެތްނަމަ އެ ރެފަރެންސް ސިޓީ  ތަޖުރިބާއަށް  މާރކްސް ދިނުމުގައި ނުބެލޭނެއެވެ.)
  • ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ހުށަހަޅާނީ ތިރީގައިމިވާ ލިންކް ބޭނުންކޮށްގެންނެވެ.
  • https://forms.gle/Wg9TZkHHNKq4ohAC6
  • އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 8 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ 14:00 އެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި މެންދުރު 13:00 އާއި ދެމެދު 3001885 އަށް ގުޅުއްވުން އެދެމެވެ.

 

25 ޖުލައި 2022
ހޯދާ