އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިހޮސްޕިޓަލުގެ ނަންބަރު: 137-HR/IU/2014/51 (20 ޖުލައި 2014) އިން ފިޒިއޮތެރަޕީ އެސިސްޓެންޓެއް ހޯދުމަށް ކޮށްފައިވާ އިއުލާން ބާޠިލު ކުރުމަށްފަހު އަލުން އެމަގާމަށް އިއުލާންކުރަމެވެ.  އަދި  މިހޮސްޕިޓަލުގެ ނަންބަރު: 137-HR/IU/2014/62 (22 ސެޕްޓެންބަރު 2014) އިން އެސިސްޓެންޓް ކޮމްޕިއުޓަރ ޕްރޮގްރާމް އޮފިސަރުގެ މަޤާމަށް އިއުލާން ކޮށްފައިވާއިރު އެ މަޤާމުގެ ޝަރުޠު ޖެހިފައި ނެތުމުން އެ އިއުލާން ބާޠިލުކުރުމަށްފަހު އަލުން އެ މަޤާމަށް ވެސް އިއުލާން ކުރަމެވެ. މިގޮތުން މި ހޮސްޕީޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި މަޤާމުތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

އެސިސްޓެންޓް ކޮމްޕިއުޓަރ ޕްރޮގްރާމް އޮފިސަރ

ބޭނުންވާ ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)   

ޑިޕާޓްމަންޓް /ސެކްޝަން

އައި.ސީ.ޓީ. ޑިޕާޓްމަންޓް

 

 

ތަޢުލީމާއި ތަޖުރިބާ:

 

  1. މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި" ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

(މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

 

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް

އައި ޓީ ޑިޕާޓްމަންޓްގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ހޮސްޕިޓަލުގައި ދުވަހުން ދުވަހަށް ކުރެވޭ ހުރިހާ މަސައްކަތްތަކަކީ ކޮމްޕިއުޓަރ ވިއުގައެއްގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަށް ވުމާއިއެކު މިވިއުގަ ރައްކާތެރިކޮށް ބެލެހެއްޓުމާއި ދިމާވާ ހުރިހާ މައްސަލަތައް ހައްލުކޮށް މުވައްޒަފުންގެ މަސައްކަތައް ބޭނުންވާ މުހިއްމު ޑޭޓާތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

މަޤާމު

ފިޒިއޮތެރަޕީ އެސިސްޓެންޓް

ބޭނުންވާ ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)   

ޑިޕާޓްމަންޓް /ސެކްޝަން

ފިޒިއޮތެރަޕީ ޑިޕާޓްމަންޓް

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް

ބަލިމީހުންނަށް އެހީތެރިވެދިނުމާއި ފިޒިއޮތެރަޕިސްޓުންނަށް އެހީތެރިވުން

 

 ތަޢުލީމާއި ތަޖުރިބާ:

 

 

ޖީ.ސީ.އީ "އޯ" ލެވެލް އިމްތިހާނުން އިނގިރޭސި އަދި ސައިންސްގެ 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑަށްވުރެމަތީ ފާހެއް ލިބިފައިވުމާއެކު، އެސް.އެސް،ސީ އިމްތިހާނުން "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން.

(މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)


 

 

ހުށަހަޅަންޖެހޭ ލިޔުންތައްް

 

 

 

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ލީވިންގ ސެޓްފިކެޓްގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚްތައް އެނގެން އޮންނަންވާނެއެވެ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށްފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
  8.  

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އިންޓަރވިއު އޮންނާނެތާރީޚާއި ތަން:

2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 އެވެ.

ސުންގަޑި

19 އޮކްޓޫބަރު 2014ވާ އާދީއްތަ ދުވަހުގެ 15.00ގެ ކުރިން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 19 އޮކްޓޫބަރު 2014ވާ އާދީއްތަ ދުވަހުގެ 15.00ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

30 ސެޕްޓެންބަރު 2014
ހޯދާ