އއ. މާޅޮހު ސްކޫލް
ދިވެހިރާއްޖެ
2022 2023 ވަނަ ދިރާސީ އަހަރު ފެށުމުގެ ކުރިން ކުރަންޖެހޭ ބައެއް މަރާމާތުތައް ކުރާނެ ފަރާތެއް ހޯދުން

މި ފެށޭ ދިރާސީ އަހަރު ފެށުމުގެ ކުރިން މި ސްކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެގޮތުން ސްކޫލްގައި ކުރަންޖެހޭ މަރާމާތު ތިރީގައި އެވަނީއެވެ.

  1. ސްކޫލް އޮފީސް އަދި ސްޓާފްރޫމް ކުލަލުން.
  2. ޕްރީސްކޫލް ދަރިވަރުން ކުޅޭ ސަރަހައްދުގައި ޖަހާފައިވާ ދާގަނޑު މަރާމާތުކުރުން.
  3. ހޭންޑްވޮޝް އޭރިއާ މަރާމާތު ކުރުން .
  4. ކްލާސްރޫމްތަކުގައި ހަލާކުވެފައިވާ ކުޑަދޮރުތައް މަރާމާތުކުރުން.
  5. ކްލާސްރޫމްތަކުގައި ހަލާކުވެފައިވާ އަދި ބަދަލުކުރަންބޭނުންވާ ބޮކި ހޯލްޑަރުތަށް ބަދަލުކުރުން.

 

ވީމާ މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކޮންމެ މަސައްކަތަކަށް ވަކި ކޯޓޭޝަންއެއް 31 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ ކުރިން އއ.މާޅޮހު ސްކޫލް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660844 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

21 ޖުލައި 2022
ހޯދާ