މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ މަޝްރޫޢަށް ބޭނުންކުރާ ބިންތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަށް ހޯދުން

ފެނާއި ނަރުދަމާގެ މަޝްރޫޢަށް ބޭނުންކުރާ ބިންތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަށް ހޯދުން

                މިރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢަށް ބޭނުންކުރާ ބިންތަކުގެ ތެރެއިން މިރަށު ތަރިވިދާގެ،ވާރޭވިލާގެ އިރުމަތީން މިހާރު ބޭނުން ކުރަމުންދާ ކުނިކޮށީގެ ( ފަނާނުވާ ޒާތުގެ ކުނި ބެހެއްޓުމަށް ކަނޑައެޅިފަވާ ބައިގެ ) އުތުރުން އޮތް ބިމުގައި ހުރި ތިރީގައި މިދަންނަވާ ނަންބަރުތައް ޖަހާފައިވާ ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެއްޖެއެވެ.

  • ނަންބަރު 1 ން ނަންބަރު 50 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ ފޯދުނު 50 ރުއް
  • ނަންބަރު 1 ން ނަންބަރު 15 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ ނުފޯދޭ 15 ރުއް
  • ނަންބަރު 1 ޖަހާފައިވާ ފޯދުނު 1 ޖާފާނު ރުއް
  • ނަންބަރު 1 ން ނަންބަރު 5 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 5 ގަސް ހިރުނދު
  • ނަންބަރު 1 ން ނަންބަރު 8 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 8 ގަސް ދިއްގާ
  • ނަންބަރު 1 ން ނަންބަރު 16 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 16 ގަސް ފޯދުނު މެދުކަށިކެޔޮ
  • ނަންބަރު 1 ން ނަންބަރު 7 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 7 ގަސް ފޯދުނު މާކަށިކެޔޮ
  • ނަންބަރު 1 ން ނަންބަރު 4 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 4 ގަސް މިދިލި
  • ނަންބަރު 1 ޖަހާފައިވާ 1 ގަސް ހިތި
  • ނަންބަރު 1 ން ނަންބަރު 5 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 5 ގަސް އުނި

                      ވީމާ މަތީގައި ދެންނެވިފައިވާ ރުއްގަހުގެ ވެރިން 03 އޮގަސްޓް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަހުގައި މިހާރު ޖަހާފައިވާ ތަރުތީބު ނަންބަރާއި އަދި އެރުއްގަހަށް ދެވިފައިވާ ރަޖިސްޓްރީ ނަންބަރ ( އާއިލާ ނަންބަރ ) އެނގޭގޮތަށް ލިއުމުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                           މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޖުލައި 2022
ހޯދާ