ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލް އިދާރާގައި ބޭނުންކުރާ އެކްސްކަވޭޓަރ މަރާމާތު ކުރުމާއި ގުޅޭ.

  ނަންބަރ: (IUL)258/258/2022/65                   

 

އިޢުލާން

 

ހަނިމާދޫ ކައުންސިލް އިދާރާގައި ބޭނުންކުރާ އެކްސްކަވޭޓަރ މަރާމާތު  ކުރުމާއި ގުޅޭ.

            ހަނިމާދޫ ކައުންސިލް އިދާރާގައި ބޭނުންކުރާ އެކްސްކަވޭޓަރ މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މަރާމާތު  ކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 އޭޕްރީލް 25 ވަނަ ދުވަހު ކުރި މިކައުންސިލްގެ ނަންބަރު (IUL) 258/258/2022/37 އިޢުލާނާއި ގުޅިގެން ބިޑު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތްތެއް ހޯދަން ބޭނުން ވެއްޖެއެވެ.

              ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 2022 އޯގަސްޓް 04 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

              އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ  2022 އޯގަސްޓް  09 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

20 ޛުލްޙިއްޖާ 1443

19  ޖުލައި  2022

19 ޖުލައި 2022
ހޯދާ