މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ލައިބްރޭރިއަން

މިޕޮލިޓެކްނިކަށް މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެ.

ރޭންކް: އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގރ. 2

މަޤާމުގެ ނަން: ލައިބްރޭރިއަން

ބޭނުންވާ ޢަދަދު:   1

ސެކްޝަން: އެޑްމިން    

ދާއިރާ:   މޯލްޑިވްސް ޕޮލިޓެކްނިކްގެ ލައިބްރަރީއަށް

ގިންތި: ދާއިމީ

ސަރވިސް އެލަވަންސް: -/2000ރުފިޔާ

މުސާރަ:    -/6295 ރުފިޔާ

މަސައްކަތް ކުރަންޖެހޭ އޮފީސް:  މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް : މޯލްޑިވްސް ޕޮލިޓެކްނިކްގެ ލައިބްރަރީ ލެބެހެއްޓުން.

  1. ލެކްޗަރަރ އިންނާއި ދަރިވަރުންނަށް ބޭނުންވާ މަޢުލޫމާތު (ނަސްލެއް ކުލައެއް އެއްވެސް ތަފަތެއްނެތި ކުޅެދޭމީހުންނާއި ނުކުޅެދޭ މީހުން ޝާމިލްވާގޮތަށް) ހޯދައިދިނުމަށް މަގުފަހިކޮށްދީ އެހީތެރިވުން.

2- ހަރުތަކުގައި ހުންނަ ފޮތް، މަޖައްލާ ފަދަ ތަކެތީގެ ކޯލްނަންބަރ އާއި އެއްގޮތަށް ތަރުތީބުކޮށް ބެލެހެއްޓުން. އަދި ހަވާލުވެފައި ހުންނަ ތަކެތި ހަވާލު ކުރަންޖެހޭ ފަރާތަށް ހަވާލުކުރުން.

3- ލެކްޗަރަރ އިންނާއި ދަރިވަރުންނަށް ފޮޓޯކޮޕީގެ ޚިދުމަތްދީ ފައިސާ ބަލައިގަތުން.

4- ލެކްޗަރަރ އިންނާއި ދަރިވަރުންގެ ފަރާތުން ދިމާވާ މައްސަލަތައް ހައްލު ކުރުމަގައި އެހީތެރިވުން. އަދި ދިމާވާ މައްސަލަތައް ޑިރެކްޓަރަށް ރިޕޯޓް ކުރުން.

5- ލެކްޗަރަރ އިންނާއި ދަރިވަރުން ބޭނުންވެގެން އެދޭ ފޮތްތަކުގެ ތެރެއިން ލައިބްރަރީގެ ކަލެކްޝަންގައި ނުހުންނަ ތަކެއްޗާއި އަދި ލެކްޗަރަރ އިންނާއި ދަރިވަރުން ހުށަހަޅާ ހިޔާލު ނޯޓުކޮށް ޑިރެކްޓަރަށް ރިޕޯރޓްކުރުން.

6- މި ޕޮލިޓެކްނިކް އިން ހިންގާ ތަފާތު ސާރވޭތައް ކުރުމަށް ހަވާލުކުރެވޭ މަސައްކަތްކުރުން.

7- ލައިބްރަރީގެ ސްޓޮކަށް އިތުރުވަމުންދާ ފޮތްތަކާއި އަދި ޚާއްސަ ދުވަސްތަކާއި ގުޅޭގޮތުން ޑިސްޕްލޭ ކުރުން.    

8- ސާރކިއުލޭޝަން ކައުންޓަރުގެ މަސައްކަތް (މެނުއަލްކޮށް/ ސޮފްޓްވެއަރ ބޭނުންކޮށްގެން ފޮތަބަލައިގަނެ ދޫކުރުން، ރިޒާވް ކުރުން) ކުރުން

9- ދުވަހުން ދުވަހަށް ތަފާސްހިސާބުތައް ރިކޯޑް ކުރުން.

10- ދުވަހުން ދުވަހަށް ކުތުބުޚާނާއަށް ލިބޭ ފައިސާ ބަލައިގަނެ ރަސީދު ހެދުން.

11-އެދުވަހަކު ބަލައިގަންނަ ފައިސާ، ޑިއުޓީ ނިމުމުގެ ކުރިން ފައިސާއާއި ބެހޭ ސެކްޝަންގެ ކަމާބެހޭ މުވައްޒފުންނާ ޙަވާލުކޮށް ސޮއި ކުރުވުން.

12-މެމްބަރޝިޕް ކާޑުތައް ހަދައި ޤަވާއިދުން ދޫކުރުން.

13-ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެމަސައްކަތުގެދާއިރާއެއްގައި ނުވަތަ 2އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން' ނުވަތަ
  4. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް5 ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ޝަރުޠު:

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން  އިތުރުގަޑިއާއި އެހެނިހެން ފައިސާ ދެވޭނެއެވެ.

އިނާޔަތްތައް:

  1. މަޤާމުގައި ކުރަންޖެހޭ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
  2. ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

ވަޒިފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަކުރުމަށްފަހު ހުށަހެޅުން.
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ)
  3. ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އެއްވެސް އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ހުށައަޅަންޖެހޭ ލިޔުންތައް:

  • އިންޓަރވިއު ކުރުމާއި އަދި ޕްރެކްޓިކަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ  16 އިން 30 އޮކްޓޫބަރު 2014 އަށް މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.
  • އަދި އިންޓަރވިއު ކުރުމަށާއި އަދި ޕްރެކްޓިކަލް ހުށަހެޅުމަށް ހާޒިރުކުރެވޭނީ ފޯމް ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ  ފަރާތްތައް ކަމުގައި ދެންނެވީމެވެ.
  • މިމަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު އަދި ސެޓްފިކެޓްތަކުގެ އެކްރެޓިއޭޓްކޮށްފައިވާ އަސްލުކޮޕީ ގެންނަވަންވާނެއެވެ.

އިންޓަވިއު ކުރުން:

ވީމާ، މިމަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން  2014 އޮކްޓޫބަރު 15 ވާ ބުދަ  ދުވަހުގެ 15:00 ގެ ކުރިން މިޕޮލިޓެކްނިކްއަށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ފޯން 3305401، 3305405 ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޕޮލިޓެކްނިކުގެ ވެބްސައިޓް www.polytechnic.edu.mvއިން ޑައުންލޯޑުކުރެއްވޭނެ އެވެ.

05 ޛުލްޙިއްޖާ  1435

29 ސެޕްޓެންބަރު 2014
ހޯދާ