އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާގެ މާރާމާތުގެ މަސައްކަތްކުރުން

އދ އޮމަދޫ ކައުންސިލްގެ އިދާރާ މަރާމާތުކުރުން

އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު:             

އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލް އިދާރާ މަރާމާތުކުރުމަށް ވަނީ ބޭނުންވެފައެވެ. ވީމާ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން

މި  ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2022 ޖުލައި 5 ވާ އަންގާރަ ދުވަހުން ފެށިގެން 2022 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް ރަޖިސްޓަރީވުމަށް އެދި ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ފޮނުއްވުމަށް އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަންފޮތް މެއިލް މެދުވެރިކޮށް ފޮނުވޭނެވާހަކަ ދަންނަވާލަމެވެ.

ރަޖިސްޓަރީވުމަށް: https://forms.office.com/r/K3QfkA8UqX

މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް ލިޔެފައި ފޮނުވަންވާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

ޕްރީ ބިޑް މީޓިންގ:

މި ބީލަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ޖުލައި 18 ވާ އާއްދީތަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

ބިޑް ހުށަހެޅުން

މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނާނީ 2022 ޖުލައި 19 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލް އިދާރާއަށެވެ. 2022 ޖުލައި 19 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގެ ފަހުން ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެކަން އަންގަމެވެ. ބީލަން އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އެ ނޫންގޮތަކަށް ހުށައަޅާ ބީލަންތަށް ބަލައި ނުގަނެވޭނެވާހަކަ ދަންނަވާލަމެވެ.  

 

ބިޑް ހުޅުވުން

މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 2022 ޖުލައި 19 ވާ އަންގާރަ ދުވަހު ހެނދުނު 10:05 ގައި އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލް އިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

ކުރަންޖެހޭ މަސައްކަތްތައް:

-          ކައުންސިލް އިމާރާތުގެ ގޯތިތެރޭގައި ކައުންސިލްގެ އިމާރާތާއި އިންވެގެން އުތުރު ފަޅީގައި ސުޓޮކްރޫމެއް އިމާރާތްކުރުން.

-          އިމާރާތްކުރާނީ ފައުންޑޭޝަން އަޅައިގެން، ހިލައަދި ހިލަވެލި ބޭނުންކޮށްގެން. ފައުންޑޭޝަންގެ މިންތަކަކީ 10*8

-          މިމަސައްކަތަށް ބޭނުންވާ ޓީނު ފޯރުކޮށްދޭނީ ކައުންސިލް އިދާރާއިން.

-          އިމާރާތް ރޭނުމަށް ބޭނުންކުރާނީ 5 އިންޗި ހޮލޯގަލެވެ.

-          ރޭނުމަށް އަދި ތަޅުންއެޅުމަށް ބޭނުންކުރާނީ އާދައިގެ ވެއްޔެވެ. ރާނަންވާނީ 1:5 ގެ މަގުން ވެލި އަދި ސިމެންތި އަޅައިގެންނެވެ.

-          ތަޅުންއަޅަންވާނީ 03 އިންޗި ބޯމިނުގައެވެ.

ނޯޓް: މެއިލް މެދުވެރިކޮށް ހުށައަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

                                    5 ޖުލައި 2022

08 ޖޫން 2022
ހޯދާ