އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކުޑަ ކުދިންގެ ޕާކުގައި ގޭޓް ލާނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު:             

މިރަށު ކުޑަކުދިންގެ ޕާކްގެ ގޭޓްލާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)348-EM/348/2022/75 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

ބިޑް ރަޖިސްޓްރީ ކުރުން

މި  ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން، 2022 ޖުލައި 5 ވާ އަންގާރަ ދުވަހުން ފެށިގެން 2022 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ފޮނުއްވުމަށް އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަންފޮތް މެއިލް މެދުވެރިކޮށް ފޮނުވޭނެވާހަކަ ދަންނަވާލަމެވެ.

ރަޖިސްޓަރީވުމަށް: https://forms.office.com/r/VPL0yuteW4

މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް ލިޔެފައި ފޮނުވަންވާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

ޕްރީ ބިޑް މީޓިންގ:

މި ބީލަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ޖުލައި 18 ވާ އާއްދީތަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

 

ބިޑް ހުށަހެޅުން

މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނާނީ 2022 ޖުލައި 19 ވާ އަންގާރަ ދުވަހު ހެނދުނު 11:30 ގެ ކުރިން އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލް އިދާރާއަށެވެ. 2022 ޖުލައި 19 ވާ އަންގާރަ ދުވަހު ހެނދުނު 11:30 ގެ ފަހުން ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެކަން އަންގަމެވެ. ބީލަން ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އެ ނޫން ގޮތަކަށް ހުށަހަޅާ ބީލަން ބަލައި ނުގަނެވޭނެވާހަކަ ދަންނަވާލަމެވެ.

ބިޑް ހުޅުވުން

މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 2022 ޖުލައި 19 ވާ އަންގާރަ ދުވަހު ހެނދުނު 11:35 ގައި އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލް އިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

ކުރަންޖެހޭ މަސައްކަތްތައް:

  1. ކުޑަކުދިންގެ ޕާކްގެ އުތުރުފަރާތުގައި މި މައުލޫމާތު ޝީޓާއެކު މެއިލް ކުރެވިފައިވާ ކުރެހުމުގައިވާގޮތަށް ގޭޓެއް ތައްޔާރުކޮށް ގޭޓް ލުން އަދި ބަތާނަޔާ ދަވާދުލުން.
  2. ގޭޓުހެދުމަށް ކޮޅައް ޖަހާނީ  50* 25* 1.8 މިލިމީޓަރުގެ ހޮލޯއެވެ.
  3. ހުރަސްތަކަށް ބޭނުން ކުރާނީ 40* 80* 1.8 މިލިމީޓަރުގެ ހޮލޯއެވެ.
  4. ހިޔާކުރުމައް ބޭނުން ކުރުރާނީ އޮމާން ލައިސާ ނުވަތަ ޒިންކަލޫމް ޓިނެވެ.
  5. ގޭޓުގެ ދެފަރާތުފާރު ރޭނުމަށް ބޭނުން ކުރާނީ 4 އިންޗި ގާ، އަދި ދެފަރާތުގައި ސިމެންތިޖަހާ ކުރެހުމުގައިވާގޮތަށް ކުލަލާންވާނެއެވެ.
  6. ރޫފް ހަރުކުރުމަށް މަތީގަ އަޅާނީ "2/1 ދަގަނޑު ހޮޅިއެވެ. ހޮޅިތަކުގައި ހުންނާވާނީ ކުރެހުމުގައިވާގޮތަށް ދަވާދުލެވިފައެވެ.  
  7. ގޭޓު ތައްޔާރުކުރާނީ ކުރެހުމުގައިވާ މިންތަކަށެވެ. (ބީލަމަށް ރަޖިސްޓަރ ވާފަރާތްތަކަށް ބީލަން ފޮތާއިއެކު ކުރެހުން މެއިލް ކުރެވޭނެއެވެ.)

ނޯޓް: މެއިލް މެދުވެރިކޮށް ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖުލައި 2022
ހޯދާ