ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ޑިރެކްޓަރ

ދިވެހިބަހުގެ އެކެޑަމީއަށް، މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

ރޭންކު:

އީ. އެކްސް. 1

ކްލެފިކޭޝަން:

ޑިރެކްޓަރ

މުސާރަ:

-/8035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މަޤާމުގެ ގިންތި:

ދާއިމީ

މަސައްކަތް ކުރަންޖެހޭ ސެކްޝަން:

ދިވެހިބަހުގެ ބައިގައި

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ/ މާލެ

ޝަރުޠު

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް  6ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ.

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އެކެޑަމީގެ ރައީސާއި ސިވިލް ސަރވިސްގެ ވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން ބަހާބެހޭ ސެކްޝަންގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.
  2. ތަފާތު އަދަބީ މުބާރާތްތަކާއި ޙަރަކާތްތައް ރާވައި ހިންގުން
  3. ދިވެހިބަހާ ބެހޭ ތަފާތުދިރާސާތައް ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ރޭވުން.  
  4. ބަހާބެހޭ ގޮތުން ކުރަންޖެހޭ ދިރާސާތައް ކަނޑައެޅުން.
  5. ޤައުމީ ފެންވަރުގެ ސެމިނާރތަކާއި ބައްދަލުވުންތައް ރާވައި ހިންގުން.
  6. ދިވެހިބަހާ ބެހޭ ގޮތުން ޞައްޙަ މަޢުލޫމާތު ޢާންމު ކުރުމުގެ ނިޒާމެއް ޤާއިމުކުރުން.
  7. ބަހުގެ ޢާންމު ހަމަތަކާއި އުސޫލުތައް ހިފެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން.  
  8. ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުގެ ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން.
  9. ސެކްޝަންގެ މުވައްޒަފުންނަށް ބޭނުންވާ މަސައްކަތުގެ މާޙައުލު، ވަސީލަތްތަކާއި ޖާގަ ހަމަޖެއްސުމުގައި މަސައްކަތް ކުރުން.
  10. ކޮންމެ އަހަރެއް ނިމުމުން، ނިމުނު އަހަރުގެ އަހަރު ރިޕޯޓަށް ބޭނުންވާ ބަހާބެހޭ ބައިގެ މަޢުލޫމާތު ޒިންމާދާރު ވެރިޔާއަށް ފޮނުވުމަށް އިދާރީ ބަޔާއި ޙަވާލުކުރުން.
  11. ކުރިއަށް އޮންނަ އަހަރުގައި ބަހާބެހޭ ބައިން ހިންގާނެ ޙަރަކާތްތަކަށް ޕްލޭން ރާވައި ތައްޔާރުކުރުމާއި އެކަންކަން ކުރަން ދާނެ ޚަރަދުގެ ލަފާ ބަޖެޓަށް ދިނުން.

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

ތަޢުލީމީ ގޮތުން އެންމެ މަތީ މާކްސް ލިބިފައިވުން، މަސައްކަތުގެ ދާއިރާއިންނާއި ލިބިފައިވާ ތަޖުރިބާ، އިންޓަވިއު، ދިވެހި ބަހަށް ޝައުޤުވެރިކަން ހުރި މިންވަރު. މާލިއްޔަތު ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.  

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ތަޢުލީމީ  ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އަދި އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)
  4. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ދިވެހިބަހުގެ އެކެޑަމީއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  5. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރާ މުވައްޒަފެއްނަމަ، މަސައްކަތު ފެންވަރު ބަލާ ފޯމުގެ ނަތީޖާ. (ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރި ގޮތް ބަޔާންކުރާ ފޯމު)
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  7. ވަޒިފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ސިޓީ ފޮނުވަންވީ ސުންގަޑި:

2014 އޮކްޓޫބަރު މަހުގެ 13 ވާ ހޯމަދުވަހުގެ މެންދުރުފަހުގެ 2:45 ގެ ކުރިން.

ސިޓީ ފޮނުވަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ، މާލެ

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345299 ނުވަތަ 3345297 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑަމީ ގައެވެ.

4 ޛުލްޙިއްޖާ 1435 

28 ސެޕްޓެންބަރު 2014
ހޯދާ