ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ދިވެހިބަހުގެ އެކެޑަމީއަށް، މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމު ނަން:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

ރޭންކު:

އެމް.އެސް. 3

ކްލެފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މަޤާމުގެ ގިންތި:

ދާއިމީ

މަސައްކަތް ކުރަންޖެހޭ ސެކްޝަން:

ތާރީޚާ ބެހޭބައި

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ/ މާލެ

ޝަރުޠު

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޔުނިޓުގެ މަސައްކަތްތައް ރާވައި މުވައްޒަފުން ލައްވާކުރުވުން.
  2. ދިވެހި ތާރީޚާ ބެހޭ ޞައްޙަ މަޢުލޫމާތު ޢާއްމު ކުރަމުން ގެންދޭތޯ ބެލުން. 
  3. ދިވެހި ތާރީޚާ ބެހޭ މަޝްރޫޢުތަކާއި ޕްރޮގުރާމުތައް ރާވައި ފަރުމާކޮށް ހިންގުން.
  4. ތާރީޚީ ގޮތުން ރާއްޖޭގެ މުހިއްމު ޝަޚުސިއްޔަތުތައް ހޯދައި ޢާންމު ކުރަމުން ގެންދިޔުން.
  5. ތާރީޚު ކޮމެޓީ އެކުލަވައި ހިންގުން.
  6. ތާރީޚާ ބެހޭ ގޮތުން ބޭރު ބަސްބަހުން ލިޔެފައި ހުންނަ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާ ކުރުން.
  7. އޮފީހުގެ މުހިއްމު މަސައްކަތްތަކުގައި ބައިވެރިވުން.  

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

ތަޢުލީމީ ގޮތުން އެންމެމަތީ މާކުސް ލިބިފައިވުމާއި، ކަމާގުޅޭ ގޮތުން ލިބިފައިވާ ތަޖުރިބާ، ބަސްދީގަތުން، ދިވެހި ތާރީޚާއި އަދަބިއްޔާތަށް ޝައުޤުވެރިކަން ހުރި މިންވަރު.

މަޤާމު ނަން:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

ރޭންކް:

އެމް. އެސް. 3

ކްލެފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މަޤާމުގެ ގިންތި:

ދާއިމީ

މަސައްކަތް ކުރަންޖެހޭ ސެކްޝަން:

ބަހާ ބެހޭބައި

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ/ މާލެ

ޝަރުޠު

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ދިވެހިންގެ ޢާއްމު މުޢާމަލާތުތަކާއި އިދާރީ ހިންގުމާއި ވިޔަފާރިއާއި ތަޢުލީމާއި އެހެނިހެން ޢާއްމު މުޢާމަލާތްތަކުގައި ބޭނުންކުރާ ބަހަކީ ދިވެހިބަސް ކަމުގައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
  2. ދިވެހިބަހުގެ ގަވާއިދުން ބަސް ބޭނުން ކުރުމުގެ ހަމަތަކުގެ މަތީން ބަސް ބޭނުން ކުރުމަށް އާންމުކުރުން.
  3. ދިވެހިބަހުގެ ގަވާއިދާއި ބަސް ބޭނުންކުރުމުގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ޚިޔާލުފާޅު ކުރުމުގެ ފޯރަމްތައް ރޭވުން.
  4. އެކިއެކި މީޑިޔާގެ ފަރާތްތަކުން ބަސް ބޭނުން ކުރަމުންދާ ގޮތާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ކަންކަން ރަނގަޅު ކުރުވުން.
  5. ދިވެހިބަހުގެ މަޢުލޫމާތުތައް ޢާންމު ކުރުމުގައި، ފަންނީ ކޮމިޓީން ނިންމާ ނިންމުން ތަންފީޒުކުރުން.
  6. ދިވެހިބަހުގެ މަޢުލޫމާތު ގިންތިކޮށް ތަރުތީބުކޮށް ފެތުރުން.
  7. ދިވެހިބަސް ބޭނުންކުރުމުގެ ހަމަތަކާއި އުސޫލުތައް ޢާންމުންނަށް އޮޅުން ފިލުވައި ދިނުމުގެ ނިޒާމެއް ރާވައި ހިންގުން.
  8. ބަހާބެހޭ ބައިގެ ޔުނިޓުގެ ހުރިހާ ކަމެއް ރާވައި ބެލެހެއްޓުން.
  9. ބަހާބެހޭ ބައިގެ ޔުނިޓުގައި ދިމާވާ މައްސަލަތައް ހައްލުކުރުން.
  10. ޤައުމީ ފެންވަރުގައި ބަހާ ގުޅޭ ގޮތުން ސެމިނާރތަކާއި ބައްދަލުވުންތައް ރާވައި ހިންގުމާއި ބެލެހެއްޓުން.  
  11. ބަހާބެހޭ ސެމިނާރ ތަކާއި ބައްދަލުވުންތައް ހިންގައި ބެލެހެއްޓުން.
  12. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

ތަޢުލީމީ ގޮތުން އެންމެމަތީ މާކުސް ލިބިފައިވުމާއި، ކަމާގުޅޭ ގޮތުން ލިބިފައިވާ ތަޖުރިބާ، ބަސްދީގަތުން، ދިވެހިބަހާއި އަދަބިއްޔާތަށް ޝައުޤުވެރިކަން ހުރި މިންވަރު.  

މަޤާމު ނަން:

އެޗް. އާރު. އޮފިސަރ

ބޭނުންވާ އަދަދު:

1

ރޭންކް:

އެމް. އެސް. 1

ކްލެފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މަޤާމު ގިންތި:

ދާއިމީ

މަސައްކަތް ކުރަންޖެހޭ ސެކްޝަން:

އިދާރީ ބައި

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ/ މާލެ،

ޝަރުޠު

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ.  

- މަޤާމުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ.

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އޮފީހުގެ ޕްލޭންތައް ހެދުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން.
  2. އޮފީހުގެ އޮނިގަނޑު ހެދުމާއި، މަސައްކަތަށް އަންނަ ބަދަލުތައް ބަލައި، އެކަން ކުރުން.
  3. އޮފީހުގެ މުވައްޒަފުންނަށް އިތުރު ތަމްރީނާއި ތަޢުލީމު ދިނުމުގެ އޮނިގަނޑެއް ހަދައި މުވައްޒަފުން ތަމްރީނު ކުރުމާ ބެހޭ އެންމެހާ ކަންކަން ކުރުން.
  4. މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ އެންމެހާ ކަންތައް ރާވައި ހިންގުން.
  5. ސްޓާފް ޑިވެލޮޕްމެންޓު ޕްރޮގުރާމުތައް ރާވައި ހިންގުން.
  6. ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީން ނިންމާ ކަންތައްތަކާއި އިންޓަވިއު ޕެނަލްގެ ކަންތައް ބެލެހެއްޓުން.
  7. މުވައްޒަފުން ޝައުޤުވެރި ކުރުވުމާއި، އަހުލުވެރި ކުރުވުމަށް ހިންގޭ ޕްރޮގުރާމުތައް ހިންގުން.
  8. އޮފީހަށް މުވައްޒަފުން ލެއްވުމަށް ބަސްދީގަތުން ބޭއްވުމާއި، ވަޒީފާ ދިނުމާއި ވަކިކުރުމާ ބެހޭ ހުރިހާ ކަމެއް ބެލެހެއްޓުން.
  9. އޮފީހުގެ ޚާއްޞަ މަސައްކަތްތަކުގައި އޮފީހުން އަންގާ ގޮތެއްގެ މަތިން ބައިވެރިވުން.  

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

ތަޢުލީމީ ގޮތުން އެންމެމަތީ މާކުސް ލިބިފައިވުމާއި، ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް އަދި މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭނެކަން ސާބިތުކޮށް ދިނުމާއި ދވެހިބަހާއި އިނގިރޭސި ބަހުން ރީތިކޮށް މުޢާމަލާތް ކުރުމުގެ ޤާބިލުކަން ހުރުން.  

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ތަޢުލީމީ  ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އަދި އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)
  4. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ދިވެހިބަހުގެ އެކެޑަމީއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  5. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރާ މުވައްޒަފެއްނަމަ، މަސައްކަތު ފެންވަރު ބަލާ ފޯމުގެ ނަތީޖާ. (ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރި ގޮތް ބަޔާންކުރާ ފޯމު)
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  7. ވަޒިފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ސިޓީ ފޮނުވަންވީ ސުންގަޑި:

2014 އޮކްޓޫބަރު މަހުގެ 13 ވާ ހޯމަދުވަހުގެ މެންދުރު ފަހުގެ 2:45 ގެ ކުރިން.

ސިޓީ ފޮނުވަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ، މާލެ

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345299 ނުވަތަ 3345297 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑަމީ ގައެވެ.

4 ޛުލްޙިއްޖާ 1435   

28 ސެޕްޓެންބަރު 2014
ހޯދާ