ގުޅީ ސްކޫލް
ދިވެހިރާއްޖެ
2023-2022 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ

އިޢުލާން

މި ސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގުރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ވީމާ، 2022 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން "ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިސްކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް 2022 ޖުލައި 04 ވާ ހޯމަ ދުވަހުން ފެށިގެން ސްކޫލް އިދާރާއިން ލިބެން ހުންނާނެއެވެ.

އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 01 އަށް ކުދިން ވައްދާނީ ނުވަތަ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާނީ ތިރީގައިވާ ތާވަލުގައިވާ ގޮތަށް ޢުމުރު ހަމަވާކުދިންނެވެ.

ގްރޭޑް

2023-2022 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

އެލް.ކޭ.ޖީ

2022 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރުފުރި 5 އަހަރު ނުފެރޭ ދަރިވަރުން

ޔޫ.ކޭ.ޖީ

އެލް.ކޭ.ޖީ ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން

ގުރޭޑް 1

2 އަހަރު ޕްރީސްކޫލު ޕްރޮގްރާމް ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން.

2023-2022 ވަނަ ދިރާސީ އަހަރު އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގުރޭޑް 1 އަށް ކުދިން ވެއްދުމުގައި މައްސަލައެއް ދިމާވެއްޖެނަމަ، އެކަން ބަޔާންކޮށް ލިޔުމުން މިސްކޫލަށް ހުށަހެޅުމުން، އެކަން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ހުށަހަޅައި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވާ ލަފަޔާއި އެއްގޮތަށް އަމަލުކުރެވޭނެ ކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކ. ގުޅީ ސްކޫލް

ހިޔަލީމަގު، ކ. ގުޅި / ދިވެހިރާއްޖެ.

ފޯން: 6642512، ވައިބަރ: 7965902

އީ-މެއިލް: [email protected]

އެހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

4 ޛުލްޙިއްޖާ 1443

03 ޖުލައި 2022
ހޯދާ